ޚަބަރު

ރިޒާގެ ބަދަލުގައި މަޖިލީހުން ޖޭއެސްސީއަށް ހުސްނީ

27 އޮކްޓޫބަރު 2025 - 13:08
ރިޒާގެ ބަދަލުގައި މަޖިލީހުން ޖޭއެސްސީއަށް ހުސްނީ
ހުސްނީ މުބާރިކު. ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އައްޔަން ކުރާ މެމްބަރަކަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކު އައްޔަންކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. 

ހުސްނީ ޖޭއެސްސީއަށް އައްޔަން ކުރީ ކުރިން އެ އިދާރާގެ ރައީސަކަށް ހުރި މާފުށީ ދާއިރާގެ މެމްބަރު ހުސެއިން ރިޒާ އެ މަގާމުން އިސްތިއުފާ ދިނުމުންނެވެ.

ޖޭއެސްސީގެ މެމްބަރަކަށް ހުސްނީ އައްޔަން ކުރަން މަޖީލިހުން ފާސް ކުރީ 58 މެމްބަރުންގެ އިއްތިފާގުންނެވެ. ހުސްނީގެ ނަން ހުށަހެޅީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިންގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމުގައި ގިނަ މައްސަލަތަކެއް ހުރި އިރު މި ޖޭއެސްސީގެ ކުރީގެ ރައީސް ހުސެއިން ރިޒާ ވަނީ މި ކަންކަމާއި ބެހޭގޮތުން ވަރަށް ފަހުން ވާހަކަ ދައްކާފަ އެވެ. ރިޒާ މަގާމުން އިސްތިއުފާ ދިނުމުގެ ފަހަތުގައި ވަނީ ސަރުކާރުން ޖުޑީޝައަށް ނުފޫޒުފޯރުވުން ކަމަށް މީސް މީޑިއާގައި ބައެއް މީހުން ތުހުމަތު ކުރި ކަމުގައިވިޔަސް ރިޒާ އެކަމާއި ބެހޭ ގޮތުން ވާހަކަ ދައްކާފައި ނުވެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0