ކުޅިވަރު

އޭޝިއަން ޔޫތު ގޭމްސް 2025: ލުހްޔާއަށް ޕާސަނަލް ބެސްޓް ޓައިމިންއެއް، މައިހާއަށް ބައިނަލްއަގްވާމީ ފުރަތަމަ ތަޖުރިބާ

25 އޮކްޓޫބަރު 2025 - 19:23
އޭޝިއަން ޔޫތު ގޭމްސް 2025: ލުހްޔާއަށް ޕާސަނަލް ބެސްޓް ޓައިމިންއެއް، މައިހާއަށް ބައިނަލްއަގްވާމީ ފުރަތަމަ ތަޖުރިބާ
ފޮޓޯ: އެމްއޯސީ

ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގެ އަންހެން 200 މީޓަރުގެ ދުވުމުގެ ހީތްތަކުގައި ވާދަކޮށް. ރާއްޖޭގެ މައިހާ ހަމްދާން ފުރަތަމަ ބައިނަލްއަގްވާމީ ތަޖުރިބާ ހޯދި އިރު, ލުހްޔާ އަހުމަދު ޕާސަނަލް ބެސްޓް ޓައިމިންއެއްގައި ރޭސް ނިންމައިފި އެވެ.

މައިހާ މިއަދު ވާދަކުރީ 200 މީޓަރުގެ ދެވަނަ ހީޓުގަ އެވެ. މިއީ މައިހާއަށް ފުރަތަމަ ބައިނަލްއަގްވާމީ ތަޖުރިބާ އެވެ. އޭނާ ވަނީ 28.44 ސިކުންތުން ރޭސް ނިންމާފަ އެވެ. ރޭހަށްފަހު މައިހާ ބުނީ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރެވުމަކީ ހިތްހަމަ ޖެހުމެއް ކަމަށާއި, ރަނގަޅު ކުރަން ވަރަށް ބައިވަރު ކަންތައްތަކެއް ދަސްވެއްޖެ ކަމަށެވެ. އަދި ޒުވާން އުމުރުގައި ގައުމު ތަމްސީލުކުރަން ލިބުނު ފުރުސަތަށް އުފާކުރާ ކަމަށް އޭނާ ބުންޏެވެ.

ފޮޓޯ: އެމްއޯސީ
ފޮޓޯ: އެމްއޯސީ

ލުހްޔާއަށް މިއަދުގެ ރޭހަކީ ކާމިޔާބު ރޭހެކެވެ. އޭނާ ތިންވަނަ ހީޓުގައި ވާދަކޮށް 26.86 ސިކުންތުން ރޭސް ނިންމާފައިވާ އިރު, އެއީ ޕާސަނަލް ބެސްޓް ޓައިމިންއެކެވެ. އެ ޓައިމިންގައި ލުހްޔާ ރޭސް ނިންމާލީ ތިންވަނައިގަ އެވެ. އޭނާ ވަނީ ފައިނަލް ހީޓްގެ ކޮލިފިކޭޝަނާ ގާތް ކޮށްފަ އެވެ.

ރޭހަށްފަހު ލުހްޔާ ބުނީ ބައިނަލްއަގުވާމީ ދެވަނަ ތަޖުރިބާގައި ޕާސަނަލް ބެސްޓް ޓައިމިންއެއްގައި ނިންމާލެވުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހުނު ކަމަށާއި, ކުރިއަށް އޮތް ރިލޭގައި ރާއްޖޭގެ ޓީމަށް ތަފާތު ދެއްކޭނެކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. ރާއްޖޭގެ އެތުލެޓިކްސް ޓީމަށް މެޑްލޭ ރިލޭގެ ހީޓްތައް އޮންނާނީ މާދަމާ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0