ޝަރީޢަތް ނިމެންދެން ދިގަލި ބަންދުކޮށްފި
ހުޅުމާލޭ އެމްޕީއެލް ޕޯޓުގައި ހުއްޓާ ދެ ސިނގިރޭޓް ކޮންޓެއިނަރު ވަގަށް ނެގި މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރި މުޙައްމަދު ވަހީދު (ދިގަލި) ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލާގައި ދިގަލި އަދި އަހުމަދު އާރިފް (އާއްޓޭ) މައްޗަށް ކުރަނީ މި ވައްކަމުގެ ކަންކަމަށް ފަންޑުކުރި ކަމުގެ ތުހުމަތެވެ.
މި މައްސަލައަކީ މިދިޔަ އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ ބަނދަރު ސަރަހައްދުން ވަގަށް ނެގުމާ ގުޅިގެން މި އަހަރުގެ އޮކްޓޯބަރު 9 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ.
މި މައްސަލާގައި މިހާތަނަށް 6 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި ހަ މީހުންގެ ތެރޭގައި މަޝްރޫހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ "ދިގަލި" މުޙައްމަދު ވަހީދުގެ އިތުރުން އަހުމަދު އާރިފް (އެޕޯލޯ އާއްޓޭ) އާއި ކަސްޓަމްސް ޑިޕާޓްމަންޓެއްގެ ވެރިއަކާއި ކުރީގެ ކަސްޓަމްސް ގައި މަސައްކަތް ކުރި މުވައްޒަފެއް ދޯންޏެއްގެ ކެޕްޓަނެއް ހިމެނެއެވެ.






ރިއެކްޓް