ކުޅިވަރު

އޭޝިއަން ޔޫތު ގޭމްސް 2025: ބީޗް ވޮލީގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމު އިންޑޮނޭޝިއާ އަތުން ބަލިވެއްޖެ

22 އޮކްޓޫބަރު 2025 - 15:12
އޭޝިއަން ޔޫތު ގޭމްސް 2025: ބީޗް ވޮލީގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމު އިންޑޮނޭޝިއާ އަތުން ބަލިވެއްޖެ

ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމު އިންޑޮނޭޝިއާ އަތުން ބަލިވެއްޖެއެވެ. 

ބަހްރެއިންގެ ސަމާ ބޭ ބީޗްވޮލީ އެރީނާގައި މިރޭ ދީމާއާއި އަޒްކާ ވާދަކުރީ އިންޑޮނޭޝިއާގެ އަޔުންޑާ އަދޭރިޔާއާއި ޗައިސޭލިއާ އެންޑިންޑާއާ ދެކޮޅަށެވެ. އެ ޕެއާއަކީ އަންހެން ބީޗް ވޮލީގެ އެއް ފެވަރިޓުންނެވެ. މެޗު އިންޑޮނޭޝިއާ ޕެއާއިން ގެންދިޔައީ ސީދާ ދެ ސެޓުންނެވެ.

0E8A9610.jpg

ރާއްޖޭގެ ފިރިހެން ޓީމު, އިކުރާމާއި ޝަރަފް ވާދަކުރި މެޗުން ދެ ސެޓުން ބަލިވި ނަމަވެސް މި މެޗުގައި ރާއްޖޭގެ ޓީމުން ހިތްވަރުގަދަ މޮޅު ކުޅުމެއް ދައްކާފައިވެއެވެ.

އިންޑޮނޭޝިއާއާ ދެކޮޅަށް ރާއްޖޭގެ ޕެއާއިން ނުކުތީ ގޭމްސްގެ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ ދެމެޗުންވެސް މޮޅުވެފައި އޮވެގެންނެވެ. އެއީ ބަހްރެއިނާއި މޮންގޯލިއާ ކައިރިންނެވެ. އެ ދެމެޗުން މޮޅުވެ، ރާއްޖޭގެ ޕެއާ ކުއާޓާއާ ގާތުގައި އޮތް އިރު، ކުރިއަށްހުރި މެޗުތަކަށް އުންމީދު ބޮޑެވެ. 

ބީޗް ވޮލީ އަންހެން ޕެއާއަށް ދެން އޮންނާނީ ޖޯޑަންއާއި ތައިލެންޑާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. ޖޯޑަންއާ ދެކޮޅަށް ކުޅޭ މެޗު މާދަމާ އަނެއް ދުވަހު އޮންނަ އިރު، ތައިލެންޑާ ދެކޮޅަށް ނުކުންނާނީ ހުކުރު ދުވަހުއެވެ. ފިރިހެން ޓީމު ދެން ކުޅޭނީ ތައިލެންޑް އަދި ބަހްރެއިނާއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0