މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް މަޖިލީހުން ތިން މެންބަރުން އައްޔަންކޮށްފި
މީޑިއާތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އިސްނަގައިގެން ފާސްކުރި ޤާނޫނުގެ ދަށުން އުފެއްދި މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ 3 މެންބަރުންނަށް މިއަދު ރުހުން ދީފިއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މީޑިއާ ކޮމިޝަނަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްކުރި 3 މެންބަރުންނަކީ މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތާއި ބްރޯޑްކޮމުގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.
މި ތިން ބޭފުޅުންނަކީ މީޑިއާ ކޮމިޝަނުގ މެންބަރުކަމަށް ކުރިމަތިލެއްވި 10 ފަރާތުގެ ތެރެއިން މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ރުހުން ދިން ތިން ބޭފުޅުންނެވެ.
މި ތިން ބޭފުޅުން އައްޔަންވުމާއެކު މި ކޮމިޝަނަށް މެންބަރުން ހަމަވީއެވެ. ބާކީ ތިބި ހަތަރު މެންބަރުންނަކީ މީޑިއާތކުގެ ވޯޓުން ހޮވާ 4 މެންބަރުން ކަމަށްވިޔަސް ތަރުހިބު ނުލިބުމުގެ ސަބަބުން އެ 4 މެންބަރުން އިންތިޚާބުވީ ވޯޓަކާއި ނުލައެވެ.
އެ 4 މެންބަރުންނަކީ ބްރޯޑްކާށްޓިންގ ކެޓެގަރީން ކުރިމަތިލެއްވި އަބްދުލްއަޒީޒް އިބްރާހީމް އާއި ޒަމްއަތު އަހުމަދު ވަހީދު އެވެ. އަދި އޮންލައިން މީޑިއާ ކެޓެގަރީން ހުސައިން ސަގީފާއި ސިމާހާ ނަސީމް އެވެ.
މީޑިއާ ކޮންޓްރޯލް ޤާނޫނަކީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް, ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަތައް އޮއްބާލުމަށް ސަރުކާރު އިސްވެ އޮވެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި, މީޑިއާތަކާއި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ނޫނެކޭ ބުނުމަށްފަހު ފާސްކޮށް ތަސްދީޤު ކުރެވުނު ޤާނޫނެކެވެ.






ރިއެކްޓް