ޚަބަރު

އައްޑޫ ބައިބައި ކޮށްގެން ލިބޭނެ ފައިދާއެއް ނެތް: ރައީސް ނަޝީދު

20 އޮކްޓޫބަރު 2025 - 13:36
އައްޑޫ ބައިބައި ކޮށްގެން ލިބޭނެ ފައިދާއެއް ނެތް: ރައީސް ނަޝީދު

އައްޑޫ ސިޓީ ބައިބައި ކޮށްގެން ލިބޭނެ އިތުރު ފައިދާއެއް ނެތް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫގެ ބައެއް ރަށްތަކުގައި ވަކިވަކި ކައުންސިލުތައް އުފެއްދުމާ ގުޅޭ ގޮތުން ނެގުމަށް ހަމަޖެހިފައިވާ ވޯޓާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ބައިބައިކޮށްގެން ވަކިވަކި ރަށްތަކަށް ލިބޭނެ އިތުރު ފައިދާއެއް ނެތްކަމަށެވެ.

އައްޑޫގެ ތަރައްގީއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ އާބާދީ އިތުރުކުރުން ކަމަށް ފާހަގަކުރައްވަމުން، މިކަމަށް ހައްލެއްގެ ގޮތުގައި ރައީސް ނަޝީދު ހުށަހަޅުއްވާފައިވަނީ ފަންނީ ދާއިރާތަކުގެ ބިދޭސީންނަށް ވަކި ޝަރުތުތަކެއްގެ މަތިން ދިވެހި ރައްޔިތުކަން ދިނުމެވެ.

އައްޑޫ ސިޓީ ބައިބައިކޮށް ވަކިވަކި ކައުންސިލުތައް އުފެއްދުމުގެ މައްސަލައަކީ ފަހަކަށް އައިސް ގިނަ ބަހުސްތަކެއް ހިނގަމުންދާ މައްސަލައެކެވެ. މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0