ޚަބަރު

މީޑިއާ ކޮންޓްރޯލް ކޮމިޝަންގެ ތިން ގޮނޑިއަށް 10 މީހުން ކުރިމަތިލައިފި

13 އޮކްޓޫބަރު 2025 - 10:26
މީޑިއާ ކޮންޓްރޯލް ކޮމިޝަންގެ ތިން ގޮނޑިއަށް 10 މީހުން ކުރިމަތިލައިފި
ކޮންޓްރޯލް ކޮމިޝަނަށް ކުރިމަތިލި ބްރޯޑްކޮމްގެ ކުރީގެ ރައީސް ސޮފާ އަދި މެންބަރު ސަރާހަތު -

މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ފާސްކޮށްފައިވާ ގާނޫނުގެ ދަށުން އެކުލަވާލާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މަޖިލީހުން އައްޔަން ކުރާ ތިން މެންބަރުންގެ މަގާމަށް 10 މީހަކު ކުރިމަތިލައިފި އެވެ. 

އާ ކޮމިޝަނަށް އައްޔަން ކުރާ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުން އައްޔަން ކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކޮމިޝަނަށް ކުރިމަތިލި 10 މީހުންގެ ނަންތައް އިއުލާނުކޮށްފަ އެވެ. 

  1. ފާތިމަތު ފަހުމީ, ސީނަރީ/ ގދ. މަޑަވެލި
  2. މުހައްމަދު ފަރުސަތު, ހ. ޓޫހާޓްސް
  3. ސަފާ ޝަފީގް, ބިއްލޫރިވިލާ/ ދ. މީދޫ
  4. ސަރާހަތު އިއްޒަތު, ގ. ގޮފި
  5. އިބްރާހިމް މުހައްމަދު, ދ. ވިންޑް
  6. މޫސާ ރިލްވާން, މ. ހާވިލާ
  7. މުހައްމަދު ފާރިސް ތާހާ, ހ. ސޯސަން
  8. ސެހެނާޒް އަދުނާން, 
  9. މުހަައްމަދު ސާމިން, ފިނިވާގެ/ އއ. ތޮއްޑޫ
  10. ޝަފީގާ ނައީމް, ބީޗްސައިޑް/ ފ. ނިލަންދޫ

މީގެ ތެރެއިން ސަފާއަކީ ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަން އުވާލިއިރު އެ ތަނުގެ ރައީސެވެ. އޭނާގެ ހިންގުމާމެދު މުވައްޒަފުންގެ މެދުގައި އޭރު ނުތަނަވަސްކަން ވެސް އޮތީ ވަރަށް ބޮޑަށް އުފެދިފަ އެވެ. ސަރާހަތަކީ ވެސް އެ ކޮމިޝަންގެ މެންބަރެކެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0