ހަފްތާ 14 ގައި 'މަސައްކަތް' ފެށި ފުޓްސަލް/ނެޓުބޯޅަ ކޮމްޕްލެކްސްގެ ބިން ހުހަށް
ރައީސް ޑރ. މުހައްމަދު މުއިއްޒު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަފްތާ 14 ގައި "މަސައްކަތް ފަށާފައި" އޮތް ފުޓްސަލް އަދި ނެޓުބޯޅަ ކޮމްޕްލެކްސްގެ އެއްވެސް އަމަލީ މަސައްކަތެއް ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ފަށާފައި ނެތުމުން ކުޅުންތެރިންނާއި އެ ދާއިރާގެ މީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
2023 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ޕީއެސްއެމްގެ 'ހަފްތާ 14' ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއް ކަމުގައިވާ މުހައްމަދު ރިޔާޒު ވަނީ އެ ދެ ކޮމްޕްލެކްސްގެ ކުރެހުން ނިމިފައިވާކަމަށް ބުނެފަ އެވެ. އަދި އެ މަޝްރޫއަށް ބޭނުންވާ ބިން ލިބުމުން ޓެންޑާ އަށް ފޮނުވާލެވޭނެ ކަމަށް ވެސް ރިޔާޒު އޭރު ވިދާޅުވެފައިވެ އެވެ.
އޭގެ މަހެއްހާ ދުވަސް ފަހުން 2024 ވަނަ އަހަރު ޖެނުއަރީ މަހު އޮތް ވަޒީރުންގެ 'އަހާ' ފޯރަމްގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުالله ރާފިއު ވަނީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ ދެ ކޮންޕްލެކްސްގެ ބިންގާ އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
އޭގެ އެއް މަސް ފަހުން ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހު ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މި މަޝްރޫއަށް ބޭނުންވާ ބިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.
އޭގެ ފަހުން މިދިޔަ އަހަރު މާޗް މަހުގެ 19 ވަނަ ދުވަހު ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގެ ވާހަކަ ވަޒީރު ރާފިއު ވަނީ ތަކުރާރު ކުރައްވައިފަ އެވެ.
އެހެންނަމަވެސް މިއަދާ ހަމަޔަށްވެސް މި މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައެއް ނުވެ އެވެ. އެޗްޑީސީން މި ކޮމްޕްލެކްސް އެޅުމަށް ހިޔާ ފްލެޓު ޓަވަރުތަކުގެ އުތުރުން ހަވާލުކުރި ބިން އޮތީ ހުހަށެވެ.
މިދިޔަ އަހަރު ކުރީ ކޮޅު މި މަސައްކަތް ޓެންޑާ ކުރަން ފޮނުވާނެ ކަމަށް ބުނިނަނަމަވެސް, "ވިރާސީ"އަށް ޔަގީން ވެފައިވާ ގޮތުގައި މިހާތަނަށް މި މަސައްކަތް ޓެންޑާ ކޮށްފައި ނުވެ އެވެ. ނެޝަނަލް ޓެންޑާ ބޯޑުގައި މި މަސައްކަތާ ބެހޭ އެއްވެސް މައުލޫމަތެއް ނެތެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން މި މަސައްކަތުގެ އެއްވެސް މައުލޫމާތެއް މީޑިއާއަށް ދީފައި ނުވާއިރު ގެޒެޓުގައިވެސް މި މަޝްރޫއާއި ބެހޭ އެއްވެސް މަސައްކަތެއް އިއުލާން ކޮށްފައި ވެސް ނުވެ އެވެ. މި މަޝްރޫއުގެ އަޕްޑޭޓެއް ހޯދުމަށް "ވިރާސީ" އިން ތަކުރާރުކޮށް މަސައްކަތް ކުރިނަމަވެސް ޖަވާބެއް ލިބިފައިނުވެ އެވެ.
ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބައިވެރިވާ ކޮންމެ ފަހަރަކު ޓީމުގެ ކުޅުންތެރިން މީޑިއާއަށް ދޭ އިންޓަވިއުތަކުގައި އަމިއްލަ ގައުމުގައި އިންޑޯ ޕިޗެއް ނެތުމުގެ ކަންބޮޑުވުން ދަނީ އަބަދުވެސް ފާޅުކުރަމުންނެވެ. ގައުމީ ފުޓްސަލް ޓީމަށް ދެ ފަހަރެއްގެ މަތިން ކުޅުނު ކުޅުންތެރިޔަކު 'ވިރާސީ' އަށް މައުލޫމާތު ދިން ގޮތުގައި، ރާއްޖެއިން ބޭރުގައި ކުޅޭ އިރު މިތަނުގެ ޓާފާއި ވަރަށް ތަފާތުކަމާއި އަރަންޖެހޭ ބޫޓާއި ބޯޅަ ވެސް ތަފާތު ކަމަށެވެ. އޭގެ ސަބަބުން ބޯޅަ ކޮންޓްރޯލް ކުރުމާއި ބޯޅައިގެ ސްޕީޑުވެސް ތަފާތުކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތުދިން ކުޅުންތެރިޔާ ވަނީ ފާހަގަކޮށްފަ އެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް އޭރުގެ ކުޅިވަރާއި ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ ދައުރު ނިމުމުގެ ކުރިން ފުޓްސަލް އިންޑޯ ދަނޑެއް އަޅައިދޭނެކަމަށް ބުނެފަ އެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމުނު އިރުވެސް އިންޑޯ ދަނޑެއްގެ އެއްވެސް ކުލަވަރެއް ނުފެނެ އެވެ. އަދި މި ސަރުކާރުގައިވެސް ގައުމީ ފެންވަރުގެ ފުޓްސަލް މުބާރާތްތަށް އޮންނަ ވަގުތުތަކާއި ދިމާކޮށް ފުޓްސަލް ކޮމްޕްލެކްސްގެ ވާހަކަ ވަރަށް ބޮޑަށް ދެކެވެ އެވެ. ނަ






ރިއެކްޓް