ޚަބަރު

ބާޒާރުމަތީ ލިލީ އެފްއެންބީ ގުދަނުގައި ރޯވެ އަނދަނީ

28 ސެޕްޓެމްބަރު 2025 - 02:49
ބާޒާރުމަތީ ލިލީ އެފްއެންބީ ގުދަނުގައި ރޯވެ އަނދަނީ
ލިލީ ގުދަނުގައި އަލިފާން ރޯވެ އަނދަމުންދަނީ -- ފޮޓޯ: ވިރާސީ

ބާޒާރުމަތީ ޑޯންކެފޭ ފުރަގަހުގައި ހުންނަ ލިލީ އެފްއެންޑްބީ ގުދަނުގައި އަލިފާން ރޯވެ, ނިއްވުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން މަަޢުލޫމާތު ދެއްވި ގޮތުގައި އަލިފާން ރޯވެފައި ވަނީ ލިލީ އެފްއެންޑްބީ ސަޕްލަޔާޒް 1 ބާޒާރުގައެވެ.

މި ގުދަނުގައި އަލިފާން ރޯވެ އަނދަމުންދާ ކަމުގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ ދަންވަރު 1 ޖެހިކަންހާއިރުއެވެ.

އަލިފާން ނިއްވުމަށް އެމްއެންޑީއެފުން ކުރި މަސައްކަތުން މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

މި ހާދިސާގައި ގުދަނުގައި ހުރި މުދާތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. މި ސަރަހައްދުގައި ހުރި މީހަކު މަޢުލޫމާތު ދެއްވި ގޮތުގައި އެމްއެންޑީއެފުން ވަނީ އަލިފާން ކޮންޓްރޯލްކުރުމަށްފަހު ގުދަނުން ބައެއް މުދާތައް ނެރެފައެވެ.

އަދި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކު ހާލު ދެރަވެގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައިކަމަށް އެމީހާ މަޢުލޫމާތު ދެމުން ބުންޏެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0