އިންޑިއާ ކާގޯ ބޯޓުން ކަނޑަށް ވެއްޓުނު މީހާގެ ހަށިގަނޑު ފެނިއްޖެ
ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު އިންޑިއާ ރައްޔިތެއްގެ ހަށިގަނޑު، ތިން ދުވަސް ފަހުން މިއަދު ފެނިއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، "އެމްއެސްވީ ޑައުލާ" އިން ކަނޑަށް ވެއްޓުނު މީހާގެ ހަށިގަނޑު ފެނިފައިވަނީ ކ. ފޭދޫފިނޮޅުގެ ދެކުނުންނެވެ. އެ ހަށިގަނޑު ހޯދާފައިވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ފަރާތުންނެވެ.
އެ މީހާ ކަނޑަށް ވެއްޓުނު ކަމުގެ މައުލޫމާތު ސިފައިންނަށް ލިބިފައިވަނީ މިދިޔަ ހޯމަ ދުވަހުގެ 11:35 ހާއިރުއެވެ. އެ ވަގުތުން ފެށިގެން ސިފައިންގެ ފަރާތުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.
އެމްއެންޑީއެފްއިން އިތުރަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ފެނުނު ހަށިގަނޑު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ. މި މައްސަލައިގެ އިތުރު ތަހުގީގުތައް ކުރިއަށްދާނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.






ރިއެކްޓް