ސަސްޕެންޝަނަށްފަހު ސައުދު އޮފީހަށް އައީ ހުސްގޮނޑިއެއް ހިފައިގެން
ސީރިއަސް އެތައް ތުހުމަތުތަކަކާއެކު މިދިޔަ ޖޫންމަހުގެ 25 ގައި އެލްޖީއޭ އިން ސަސްޕެންޑުކުރި ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު އަލީ ސަސްޕެންޝަން ނިމުމުން މިއަަދު އެނބުރި މަޤާމުގެ މަސައްކަތަށް ނުކުންނަވައިފިއެވެ.
މިއަދު ހެނދުނު ސަޢުދު އަށް ތިނަދީ ސިޓީ ކައުންސިލުގެ މެންބަރުންނާއި މުވައްޒަފުން ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައިވާއިރު, ސަޢުދު އޮފީހަށް ވަޑައިގެންނެވީ "ހުސް ގޮނޑިއެއް" ހިފައިގެންނެވެ.
ސަޢުދު ހިފައިގެން އައި ގޮނޑީގައި "ޤާނޫނާ ޚިލާފަށް ސސަސްޕެންޑުކުރި ގޮނޑި" މިފަދައިން ލިޔެފައިވާ ކަރުދާާސް ގަނޑެއް ތަތްކޮށްފައި ހުއްޓެވެ.
ސަޢުދުއާއި އެއް ދުވަަހެއްގައި ތިނަދޫ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަސްރުالله ވެސް ސަސްޕެންޑް ކުރިއެވެ. ނަސްރުالله ސަސްޕެންޑު ކުރީ 1 މަސް ދުވަހަށެވެ.
އެލްޖީއޭ އިން ސައުދު އާއި ނަސްރުالله ސަސްޕެންޑުކުރީ ދައުލަތުގެ އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދިނުމާއި، ރަށްވެހިކަން ބަދަލުކުރުމަށް 5،000 ރުފިޔާގެ ފީއެއް ނެގުމާއި، އެލްޖީއޭ ބޯޑުން އަންގާ އެންގުންތަކަށް އަމަލު ނުކުރުމުގެ އިތުރުން، މާލީ ވުޒާރާގެ ހުއްދަ ނެތި ކައުންސިލްގެ ބިޑް ކޮމެޓީއާއި ބިޑް އިވެލުއޭޝަން ކޮމެޓީއަށް އެލަވަންސް ދިނުމާއި، ހައުސިން މިނިސްޓްރީގެ މަޝްވަރާ ނެތި 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލުމާއި، ވަކި ފަރާތަކަށް މަންފާވާގޮތަށް ލޯންޗެއް ގަތުމުގެ މައްސަލަ ފަދަ އެތަައް މައްސަލައެއްގެ ތުހުމަތު ކޮށްފައެވެ.
އަދި މީގެ އިތުރުން މޭޔަރު ސައުދު އަލީ އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ، ތިނަދޫ ކައުންސިލުގެ ރައީސް އަދި ނައިބު ރައީސް ކަމުގައި ތިއްބަވައި ސިޓީ ކައުންސިލު ވުޖޫދުވުމުގެ ކުރިން ސިޓީ ކައުންސިލުގެ މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ މުސާރަ ނަގާފައިވާ ކަމަށްވެސް އެލްޖީއޭއިން ފާހަގަކޮށްފައިވެއެވެ.






ރިއެކްޓް