ރޭ ދަންވަރު އައްޑޫގައި މާރާމާރީއެއް ހިނގައިފި
ރޭ ދަންވަރު އައްޑޫ ސިޓީގައި ތޫނު އެއްޗަކުން މީހެއްގެ ގަޔަށް ހަމަލާދީ މާރާމާރީއެއް ހިނގައިފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 1:17 ހާއިރެވެ. މި ހަމަލާގައި އަނިޔާވީ 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަދި މި މީހާގެ ގައިގެ ދެ ތަނަކަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީ ޒަހަމް ކޮށްފަ އެވެ. ޒަހަމްވި މީހާއަށް ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި މާރާމާރީއާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.






ރިއެކްޓް