އެމްޑީޕީގެ އިވެންޓެއްގައި ބައިވެރިވުމުން ވެމްކޯގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިވެންޓެއްގައި ބައިވެރިވި ވެމްކޯގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.
އެމްޑީޕީގެ ބައްދަލުވުމެއްގައި ބައިވެރިވި ވެމްކޯގެ މުވައްޒަފު މީހާ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު މިއަދު އޭނާއާއި ހަވާލުކޮށްފައިވާކަމަށާއި އޭނާ ރޭގެ ބައްދަލުވުމުގައި ބައިވެރިވެ އިން ފޮޓޯއެއް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އެ ކުންފުނީގެ އެޗްއާރަށް ފޮނުވާފައިވާކަން "ވިރާސީ" އަށް ވަނީ ކަށަވަރުވެފައެވެ.
މި މީހާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާއި ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކަމަށް ޗިޓުގައި ބުނެފައިވެއެވެ. 23 ވަނަ މާއްދާއަކީ އެއްވެސް ނޯޓިސްއަކާއި ނުލައި ވަޒީފާއިން ވަކިކުރުމަށް އޮންނަ މާއްދާއެވެ.
ވަކިކުރެވުނު މުވައްޒަފާއި އެކު މަސައްކަތްކުރާ އެކި ފަރާތްތަކާއި "ވިރާސީ" އިން ސުވާލުކޮށްލުމުން މި މީހާއަކީ ވަޒީފާއަށް ފަރުވާތެރި, އަދި ކުންފުންޏަށް ވަފާތެރިކަމާއެކު މަސައްކަތްކުރާ އެންމެންނާވެސް ގުޅޭ ފަރާތެއްކަމަށް ވަނީ ބުނެފައެވެ.
ސަރުކާރާއި ޚިޔާލު ތަފާތުވެ އިދިކޮޅު އެމްޑީޕީގެ އެކި ހަރަކާތްތަކުގައި ބައިވެރިވާ މީހުން ސަރުކާރު ކުންފުނިތަކުން ދަނީ ވަކިކުރަމުންނެވެ.






ރިއެކްޓް