ސްކޫލުތަކުގައި ދިވެހި ބަސްކިޔަވައިދިނުމަށް ގޮވާލާ މަލިކުގައި މުޒާހަރާ ކުރަނީ
ސްކޫލުތަކުގައި ދިވެހި ބަސްކިޔަވައިދިނުމަށް ގޮވާލާ މަލިކުގައި މުޒާހަރާ ކުރަނީ

މަލިކު ސްކޫލުތަކުގައި ދިވެހި ބަސް ކިޔަވައިދިނުމަށް ގޮވާލާ މަލިކުގެ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.
މަލިކުގެ ސްކޫލުތަކުގައި ދިވެހި ބަސް (މަހަލް) ކިޔަވައިނުދިނުމަށް މަލިކުގެ ސަރުކާރުން ނިންމުމާގުޅިގެން މަލިކުގައި އެކަމާ ދެކޮޅަށް އަޑު އުފުލަމުންދާ ފަރާތްތަކުން ގޮވާލަމުންދަނީ މަލިކުގެ މާދަރީ ބަހެއްކަމުގައި ޒަމާނުއްސުރެ އޮންނަ ދިވެހި ބަސް (މަހަލް) ސްކޫލުތަކުގެ މުގައްރަރުން އުނިކުރުމަށް ނިންމި ނިންމުން ބަދަލުކުރުމަށެވެ.
އިންޑިޔާގެ ޕާލަމެންޓްގައި މަލިކާއެކު މުޅި ލަކްޝަދީބު ތަމްސީލުކުރައްވާ އެމްޕީ، ޙަމްދުއްލާ ސަޢީދު ވަނީ ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް ނެރުނު އެންގުން ބާތިލުކޮށް އަލުން ދިވެހި ބަސް ހިމެނުމަށް ގޮވާލައި ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރަށް ސިޓީއެއް ފޮނުވާފައެވެ.
މަލިކުގެ ސްކޫލުތަކުގައި އަންނަނީ ޒަމާނުއްސުރެ ދިވެހި ބަސް ކިޔަވައިދެމުންނެވެ. މަލިކު ސަރުކާރުގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ދިވެހި ބަސް (މަހަލް) އަކީ މަލިކުގެ ރަސްމީ 3 ބަހުގެ ތެރެއިން އެްއް ބަހެވެ. އަދި މަލިކަކީ އިންޑިއާގައި ދިވެހި ބަހުން ވާހަކަދައްކާ ހަމައެކަނި ސަރަހައްދު ކަމަށްވެސް އެ ވެބްސައިޓުގައި ބުނެފައިވެއެވެ.
ރިއެކްޓް



