ޚަބަރު

ސްކޭމްތައް ހުއްޓުވުމަށް ބޭއްވި މަޝްވަރާ ކޮމިޓީ ސިއްރުކޮށްފި

ޖުލައި 2, 2025 - 16:10
 0
ސްކޭމްތައް ހުއްޓުވުމަށް ބޭއްވި މަޝްވަރާ ކޮމިޓީ ސިއްރުކޮށްފި
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި ޢާއްމުވެފައިވާ ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ އޮންލައިން ޕްލެޓްފޯމުތަކާއި ސްކޭމްގެ އެހެން މައްސަލަތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކާއެކު މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ މި ބައްދަލުވުން ސިއްރުކުރީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފްގެ އެދުމުގެ މަތިންނެވެ.

"މި މައްސަލަތަކާ ގުޅޭ ގޮތުން އެ އިދާރާއިން ދައްކަން ހުރި ބައެއް ވާހަކަތަކަކީ އާންމުކޮށް އެންމެންނަށް އެނގެން ބޭނުން ނުވާނެ ވާހަކަތަކެއް،" ޝަރީފް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ފުލުހުންގެ އިސްވެރިންގެ އިތުރުން، އެމްއެންޑީއެފާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޮމިޓީގައި ދެ މައިގަނޑު މައްސަލައެއް ބެލުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސޯޝަލް މީޑިއާގައި ބަރަހަނާވުމާއި ބޭއަދަބީ މުއާމަލާތްތަކުގެ މައްސަލަތަކާއި، ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ އޮންލައިން ޕްލެޓްފޯމުތަކުގެ މައްސަލަތަކެވެ. މި މައްސަލަތައް ބެލުމަށް ނިންމާފައިވަނީ އާންމުންގެ ފަރާތުން ލިބިފައިވާ ގިނަ ޝަކުވާތަކާ ގުޅިގެންނެވެ.

މި ބައްދަލުވުމުގައި މެންބަރުން ވަނީ ރާއްޖޭގައި ހިންގާ ބޮޑެތި ޕިރަމިޑް ސްކީމްތަކުން އެތައް ބަޔަކަށް ލިބިފައިވާ ގެއްލުންތަކުގެ މައްސަލަ ބެލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ޖުވާ ކުޅޭ ޕްލެޓްފޯމުތަކާ ގުޅޭ މައްސަލަތަކުގެ މުހިންމުކަން ބައެއް މެންބަރުން ފާހަގަކުރެއްވިއެވެ.

ޖުވާ ކުޅޭ ޕްލެޓްފޯމުތަކުން އެކައުންޓްތަކަށް ޖަމާކުރާ ފައިސާ ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ބްލޮކްކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި، ނަމަވެސް މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު މަޖިލީހުން ހޯދަންޖެހޭ ކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0