ޚަބަރު , ދުނިޔެ

ރާއްޖެއާއި އިންޑިއާގެ ޚާރިޖީ އިސްވެރިންގެ ބައްދަލުވުމެއް ދިއްލީގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާގެ ޚާރިޖީ އިސްވެރިންގެ ބައްދަލުވުމެއް ދިއްލީގައި ބާއްވައިފި

މޭ 26, 2025 - 19:57
ޖޫން 30, 2025 - 23:59
 0
ރާއްޖެއާއި އިންޑިއާގެ ޚާރިޖީ އިސްވެރިންގެ ބައްދަލުވުމެއް ދިއްލީގައި ބާއްވައިފި
އިންޑިއާ އާއި ރާއްޖެއާއި ދެމެދު ބޭއްވުނު ބައްދަލުވުން -- ފޮޓޯ: ފޮރިން އެފެއާޒް

ރާއްޖެއާއި އިންޑިއާގެ ޚާރިޖީ ހައިލެވެލް "ކޯ ގްރޫޕް" ގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ނިއުދިއްލީގައި ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން އިސްކޮށް ހުންނެވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ.

ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމު ދެމެދު އެކުލަވާލެވުނު "އަ ވިޝަން ފޯ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް" ގެ ދަށުން ބޭއްވުނު މަޝްވަރާ ބައްދަލުވުމެކެވެ.

މި އަހަރުގެ ޖަނަވަރީ 29 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުނު ފުރަތަމަ ބައްދަލުވުމުގައި ކަނޑައެޅުނު ލަނޑުދަނޑިތަކުގެ މައްޗަށް ބިނާކޮށް، މިއަދުގެ ބައްދަލުވުމުގައި ވަނީ އިތުރު މުހިންމު ނިންމުންތަކެއް ނިންމާފައެވެ. މީގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމު، ދަނޑުވެރިކަން، މަސްވެރިކަން، އިޤްތިޞާދީ، ޞިއްޙީ، އަދި ދިފާޢީ އަދި މެރިޓައިމް ދާއިރާއާ ގުޅޭ ކަންކަން ހިމެނެއެވެ.

މިއަދުގެ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އެކި ވުޒާރާތަކުން އެކުލެވޭ އިސް ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ ތެރޭގައި ރައީސް އޮފީސް، ފޮރިން މިނިސްޓްރީ، ޑިފެންސް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0