ނޯތު ކޮރެއާ ގައި ޓުއަރިޒަމް ފުޅާ ކުރުމަށް ލަގްޒަރީ ރިސޯޓެއް
މިއީ 20,000 ފަތުރުވެރިންގެ ޖާގައިގެ ޓޫރިސްޓް ރިސޯޓެއް

ނޯތު ކޮރެއާގައި 20,000 މީހުންގެ ޖާގައިގެ ރިސޯޓެއް ހުޅުވައިފިއެވެ.
"ވޮންސަން ކަލްމާ" ގެ ނަމުން ނަންދެވިފައިވާ މި ރިސޯޓު ހުޅުވައިދެއްވާފައިވަނީ ޖޫން މަހުގެ 24 ވަނަ ދުވަހު ބޭއްވި ކުލަގަދަ ހަފްލާ އެއްގައި އެ ގައުމުގެ ސުޕްރީމް ލީޑަރ ކިމް ޖޮންގް އުން އެވެ.
ބަޑި ބޭހުގެ އެކި އެކި ހަރަކާތްތަކާއި އެކި ކުޅިވަރުތަކާއި އެކު ކުރިއަށް ދިޔަ މި ހަފްލާގައި ވާހަކަ ދައްކަވަމުން ކިމް ޖޮންގް އުން ފާހަގަ ކުރައްވާފައިވަނީ މިއީ މި އަހަރު އެ ގައުމުގައި ހިންގޭނެ އެންމެ ބޮޑު ޕްރޮޖެކްޓް ކަމުގައެވެ. ރަޝިޔާ އާއި ނޯތު ކޮރެއާ އާއި ދެމެދު ޓްރެއިން ދަތުރުތައް މި އަހަރުގެ ތެރޭގައި ފަށާފައިވުމުން ރަޝިޔާގެ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ރިސޯޓަކައް ވާނެކަމަށް ގިނަ ބަޔަކު ލަފާކުރެެއެވެ.
ޖުލައި މަހުގެ 1 ވަނަ ދުވަހު ފަތުރުވެރިންނަށް މި ރިސޯޓު ހުޅުވާލުމަށް ތައްޔާރުވެފައިވާއިރު, ދުނިޔޭގެ އެންމެ ސިއްރު ގައުމު ތަކުގެ ތެރޭގައި ނޯތު ކޮރެއާ ހިމެނޭ އިރު ގިނަ ބަޔަކު ދަނީ މި ރިސޯޓައް ޗުއްޓީ ހޭދަ ކުރުމަށް ފަތުރުވެރިން ދާނޭ ކަމާއިމެދު ސުވާލު އުފައްދަމުންނެވެ.
ރިއެކްޓް



