ދުނިޔެ

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ގަތުލުއާންމު ފުޅާކޮށްފި

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ގަތުލުއާންމު ފުޅާކޮށްފި

މޭ 18, 2025 - 21:01
ޖުލައި 1, 2025 - 03:12
 0
ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ގަތުލުއާންމު ފުޅާކޮށްފި
އިސްރާއީލް ސިފައިން ޣައްޒާގައި ހަރަކާތްތެރިވަނީ-- ފޮޓޯ: އޭޕީ

ނިރުބަވެރި އިސްރާއިލުން ޣައްޒާގައި ގަތުލުއާންމު ފުޅާކުރިކަން އިއުލާންކޮށްފިއެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން އިސްރާއީލުގެ އަސްކަރިއްޔާ (އައިޑީއެފް) އިން ބުނެފައިވާ ޣައްޒާގެ އުތުރާއި ދެކުނުގެ ބިމުގައި ހަރަކާތްތެރިވަމުންދާ ސިފައިންގެ ތެރޭގައި އަސްކަރިއްޔާގެ ދެކުނު ކޮމާންޑުގެ ސިފައިން ވެސް ހިމެނޭ ކަމަށެވެ.

އަދި އެއްގަމު ސިފައިންނަށް އިސްރާއީލުގެ ވައިގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، ފާއިތުވި ހަފުތާގެ ތެރޭގައި ހަމާސްގެ 670 އަށް ވުރެ ގިނަ ތަންތަނަށް އަމާޒުކޮށް ހަމަލާދީ އެތައް ހަނގުރާމަވެރިންނެއް ޝަހީދުކޮށްލާފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.

އިސްރާއީލުން މިއަދު ޣައްޒާއަށް ދިން ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު ޝަހީދުކޮށްލާފައިވާ އިރު، ފާއިތުވެދިޔަ ދުވަސްތަކުގައި މަދުވެގެން ފަސް ނޫސްވެރިން ވެސް ޝަހީދުކޮށްލާފައި ވެއެވެ.

އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު އިތުރަށް ފުޅާކުރުމަށް ރިޒާވް ސިފައިން ނެރުމަށް މަސައްކަތް ވެސް ކުރާ ކަމަށް ބުނެފައި ވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނީ އަލަށް ފެށި ހަމަލާގެ މަގުސަދަކީ ހަމާސް ބަލިކުރުން ކަމަށެވެ.

މީގެ އިތުރުން ނަތަންޔާހޫ ވަނީ ޣައްޒާގެ އާބާދީ "އަމިއްލަ ސަލާމަތަށްޓަކައި އެހެން ތަނަކަަަށް ބަދަލުކުރާނެ" ކަމުގެ އިޝާރާތެއް ދީފައެވެ.

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއެކު ޣައްޒާއަށް އެއްވެސް ވަރަކަށް އެހީ ނުވައްދާ ތިން މަސް ދުވަސް ވަނީ ވެފައެވެ.

ހަމަލާތައް މެދުކެނޑާލުމަށް ހެދުނު އެއްބަސްވުން އުވާލައި، އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދެމުން އަންނައިރު، މިފަހަކުން ޝަހީދުކޮށްލި މީހުންގެ އަދަދު 2،000 އަށް އަރައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0