ޚަބަރު

އެންސްޕާއިން ބޭސްފަރުވާގެ އެހީގެ ގޮތުގައި 127 މިލިއަން ރުފިޔާ ޚަރަދުކޮށްފި

މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް، އެންސްޕާއިން ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން 127 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

ޖުލައި 2, 2025 - 06:17
ޖުލައި 2, 2025 - 08:25
 0
އެންސްޕާއިން ބޭސްފަރުވާގެ އެހީގެ ގޮތުގައި 127 މިލިއަން ރުފިޔާ ޚަރަދުކޮށްފި
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް - ފޮޓޯ: ގޫގުލް

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން 127 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މުއްދަތުގައި ރާއްޖޭގައި ފަރުވާ ހޯދުމަށް 78،508،013.36 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ ޖުމްލަ ޚަރަދުގެ 61 އިންސައްތައެވެ. އަދި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް 43،245،807.27 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ ޖުމްލަ ޚަރަދުގެ 39 އިންސައްތައެވެ.

މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 127،753،820.63 ރުފިޔާ ޚަރަދުކޮށްފައިވާއިރު، ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގެ ޚަރަދުތަކުގެ ތެރޭގައި ބޭސް ގަތުމާއި، ޑޮކްޓަރަށް ދެއްކުމާއި، ތަހުލީލުތައް ހެދުމާއި، އެޑްމިޓްވެގެން ފަރުވާ ހޯދުމުގެ ޚަރަދުތައް ހިމެނެއެވެ. އަދި ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ފަރާތްތަކަށް ދަތުރުފަތުރުގެ ޚަރަދުތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެވެއެވެ.

އެންސްޕާއިން މި ޕްރޮގްރާމް ހިންގަނީ ސަރުކާރުގެ އިޖްތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުގެ ދަށުން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޞިއްޙީ ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0