މާލޭ ގެއަކުން ވަގަށް ނެގި އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ވަގަށްނަގާފައިވޭ

މައްޗަންގޯޅި ގެއެއްގެ ތިޖޫރީ އެއް ވަގަށްނަގާފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މާލޭ ގެއަކުން ވަގަށް ނެގި އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފިhttps://t.co/lQj3W4Lnge pic.twitter.com/IOzH5Bknep
— Maldives Police (@PoliceMv) July 1, 2025
މި މައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާއިން އިތުރަށް މައުލޫމާތު ދިން ގޮތުގައި, މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ސީސީޓީވީ ފުޓޭޖު ބަލައި, ވައްކަން ކުރި މީހާ ދެނެގަނެ އެ ތިޖޫރީ ވަގަށްނެގި ކަމުގެ ތުހުމަތުގައި އެ މީހާ ހައްޔަރު ކުރީ މިއަދުގެ ހެނދުނު 11:05 އެހައިކަންހާއިރު މާވެޔޮ މަގުންނެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ރ.އަލިފުށި / ހަބީބީހެޕް, އިސްމާއީލް ސާއިފް (39އ) އެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު, ތިޖޫރީން ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ ފައިސާ އާއި އޭގެ ތެރެއިން ބައެއް ފައިސާއިން އޭނާ ގަނެފައިވާކަމަށް ބެލެވޭ ފޯނެއް ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
ރިއެކްޓް



