ލިވަޕޫލްގެ ފޯވާޑް ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

ލިވަޕޫލްގެ 28 އަހަރުގެ ފޯވާޑް ޑިއޭގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ޖޮޓާ އާއި އޭނާގެ ބޭބެ އަންދްރޭ ސްޕެއިންގެ އުތުރުގެ ސަރަހައއްދެއްގައި ދަތުރުކުރަމުން ދިޔަ ކާރު އެކްސިޑެންޓްވެ ގޮވާފައިވާކަން ސްޕެއިންގެ ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މީގެ ދެ ހަފްތާ ކުރިން ކައިވެނިކުރި ޖޮޓާގެ ދެ ކުދިން ތިބެ އެވެ. އެކްސިޑެންޓްވި ސަބަބު އަދި ނޭނގުނުކަމުގަވިޔަސް އަލިފާން ރޯވި ކާރު އެއީ ޖޮޓާ އާއި އޭނާގެ ބޭބެކަން ވަނީ ޔަގީންވެފަ އެވެ.
ވުލްވްސް އިން 2020 ވަނަ އަހަރު ލިވަޕޫލާއި ގުޅުނު ފޯވާޑް ވަނީ ލިވަޕޫލަށް 182 މެޗު ކުޅެ 62 ގޯލު ޖަހައިދީފަ އެވެ. އަދި ޕޯޗުގަލްގެ ގައުމީ ޓީމަށް 49 މެޗު ކުޅެ ގައުމީ ޖޯޒީގައި ޖޮޓާ ވަނީ ޔޫއޭފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
ރިއެކްޓް



