ޚަބަރު

ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް

ޖުލައި 2, 2025 - 20:46
 0
ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް
ފޮޓޯ: ފުލުހުން

މާލޭގެ ގެއަކަށް ވަގަށް ވަދެ އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރެވުނު މީހާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި ހަބީބީހެޕް، އިސްމާއީލް ސާއިފް (39 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ 11:05 ހާއިރު މާވެޔޮ މަގުންނެވެ. މި މައްސަލައަކީ މާލޭގެ މައްޗަންގޯޅި ގެއެއްގެ ތިޖޫރީއެއް ވަގަށް ނަގާފައިވާ މައްސަލައެކެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ސީސީޓީވީ ފުޓޭޖު ބަލައި ދިރާސާކުރުމަށްފަހު، ތުހުމަތުކުރެވޭ ފަރާތް ވަނީ ހައްޔަރުކުރެވިފައެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ތިޖޫރީން ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފައިސާގެ އިތުރުން، އެ ފައިސާއިން ގަތްކަމަށް ބެލެވޭ މޯބައިލް ފޯނެއްވެސް ވަނީ ފެނިފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްމާއީލް ސާއިފްއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

މި މައްސަލަ ތަހުޤީޤު ކުރަމުންދާކަމަށް ފުލުހުން މަޢުލޫމާތި ދެއްވައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0