ޖުލައި 6 ގެ ފަހުން މޯލްޑިވިއަންގެ ފްލައިޓްތަކުގައި ޕަވަބޭންކު ބޭނުންކުރުން މަނާވާނެ

މިހިނގާ ޖުލައި މަހުގެ 6 ވަނަ ދުވަހުގެ ފަހުން މޯލްޑިވިއަން ފްލައިޓްތަކުގައި ޕަވަބޭންކް ބޭނުންކުރުން މަނާވާނެ ކަމުގައި އެކުންފުނިން ހާމަކޮށްފިއެވެ.
މޯލްޑިވިއަން އިން މިއަދު ނެރުނު ޓްރެވެލް އެޑްވައިސަރީގައި ބުނި ގޮތުގައި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ އެއަރލައިންގެ ފްލައިޓްތަކުގައި ޕަވަރ ބޭންކް ބޭނުންކުރުން މަނާކުރުމަށް ނިންމާފައިވާކަމަށެވެ.
މޯލްޑިވިއަންގެ މި ނިންމުމާ ގުޅިގެން ކޮންމެ ފަސިންޖަރަކަށްވެސް ފްލައިޓަށް އެރުވޭނީ ގިނަވެގެން 2 ޕަވަރ ބޭންކެވެ. ނަމަވެސް މި ޕަވަރ ބޭންކްތަކުގެ ކެޕޭސިޓީ ހުންނަންވާނީ 100Wh އަށްވުރެ މަތިނުވާ ގޮތަށް ކަމަށާއި ޕަވަރ ބޭންކްތައް ބަހައްޓަންވާނީ އަމިއްލަ އަތުގައި، ގޮނޑީގެ ޖީބުގައި ނުވަތަ ގޮނޑީގެ ދަށުގައި ކަމަށް މޯލްޑިވިއަންގެ ޓްރެވެލް އެޑްވައިޒަރީގައި ބުނެފައިވެއެވެ.
އަދި ލަގެޖްގެ ގޮތުގައި ދޫކޮށްލާ ފޮށި ނުވަތަ ދަބަހުގައި ޕަވަބޭންކު ނުބެހެއްޓޭނެ ކަމަށާއި ހޭންޑް ލަގެޖް އަރުވާފައިހުންނަ ކެބިންގައިވެސް ޕަވަބޭންކު ނުބެހެއްޓޭނެކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި މީގެ އިތުރުން، ފްލައިޓްގެ ތެރޭގައި ޕަވަރ ބޭންކް ބޭނުންކޮށްގެން އެއްވެސް ޑިވައިސްއެއް ޗާޖްކުރުމާއި ޕަވަރ ބޭންކް ރީޗާޖްކުރުންވެސް ވަނީ މަނާކޮށްފައެވެ.
މޯލްޑިވިއަން އިން މި ގެނައި ބަދަލަކީ ބައިނަލްއަގުވާމީ އެއާލައިންތަކުގައިވެސް ޢަމަލުކުރަމުންދާ އުސޫލެކެވެ.
ރިއެކްޓް



