ޚަބަރު

އިސްލާމީ ކުތުބުހާނާ މި މަހު 12 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާހްކުރަނީ

ޖުލައި 3, 2025 - 15:30
ޖުލައި 3, 2025 - 14:49
 0
އިސްލާމީ ކުތުބުހާނާ މި މަހު 12 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާހްކުރަނީ
ސަލްމާން މިސްކިތް -- ފޮޓޯ: އަޖެލް

ސަލްމާން މިސްކިތުގައި ތަރައްޤީ ކުރަމުންދާ އިސްލާމީ ކުތުބުޚާނާ މި މަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙްކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމީ ކުތުބުޚާނާ މި މަހު 12 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙުކުރުމަށް ވާންޖެހޭ ތައްޔާތީތަކާއި ގުޅޭ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން މަޝްވަރާކުރައްވާފައިވާކަމަށާއި ކުތުބުޚާނާ ހުޅުވިގެން ދާނީ 15 ހާސް ފޮތާއެކުކަމަށް މިނިސްޓަރ ވިދާޅުވެފައިވާކަމަށް މިނިސްޓްރީން ހާމަކުރި މަޢުލޫމާތުގައި ބުނެފައިވެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާ ޤާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރިތައް ޤާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ޤައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މިގޮތުން ހއ. ދިއްދޫ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ރ. އުނގޫފާރު އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި އައްޑޫ އިސްލާމިކް ސެންޓަރ ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ޤާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ޤައުމެެއްގެ ޔުނިވަރސިޓީއަކުން ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށާއި މިގޮތުން 60 ހާސް ފޮތް ލިބޭނެ ކަމަށް މިނިސްޓްރީން ވަނީ  ހާމަކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0