ގެއްލުނު ބިދޭސީ މީހާ ހޯދުމަށް 2500 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި
ގެއްލުނު ބިދޭސީ މީހާ ހޯދުމަށް 2500 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި

ޅ. ކާށިދޫ ކަނޑަށް ސިވެކްގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ބަންގްލަދޭޝް މީހާ ހޯދުމުގެ މަސައްކަތުގައި މިހާތަނަށް 2500 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފިއެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތު ދިންގޮތުގައި، މި ސަރޗް އޮޕަރޭޝަންގައި ކަނޑުމަތިން 1035 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި، ވައިގެ މަގުން 1496 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފިއެވެ. މި ހާދިސާ ހިނގި ވަގުތުން ފެށިގެން ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުންނާއި، ކޯސްޓްގާޑުގެ އުޅަނދުތަކުން ކަނޑުމަގުން އެ މީހާ ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ޖޫން 25 ވަނަ ދުވަހު މި ހާދިސާ ހިނގީ މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓުގައެވެ. މި ދަތުރުގައި ތިން ސިފައިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ތިން މީހުން ބައިވެރިވިއެވެ. މި ހާދިސާގައި އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2 އަލީ ހާމިދު ވަނީ ނިޔާވެފައެވެ.
އެމްއެންޑީއެފްއިން ބުނީ މި ހާދިސާގައި އަނިޔާވި އެހެން ފަރާތްތަކަށް ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށެވެ. އަދި ގެއްލިފައިވާ ބަންގްލަދޭޝް މީހާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.
ރިއެކްޓް



