ފައިނު އެކްސިޑެންޓުގައި އަނިޔާވި ދެ ދަރިވަރުންނާއި ޓީޗަރަށް ވެންޓިލޭޓަރުގައި ފަރުވާދެނީ
ފައިނު އެކްސިޑެންޓުގައި އަނިޔާވި ދެ ދަރިވަރުންނާއި ޓީޗަރަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

ރ. ފައިނުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި ސްކޫލުގެ ދެ ދަރިވަރުންނާއި ޓީޗަރަކަށް މިވަގުތު ވެންޓިލޭޓަރުގެ އެހީގައި އައިސީޔޫގައި ފަރުވާދެމުން ގެންދާ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތު ދީފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 7:30 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ފައިނުގެ ސްކޫލުގެ ދެ ދަރިވަރުންނާއި، އެ ސްކޫލުގެ ޓީޗަރަކާއި ޕްރިންސިޕަލަށެވެ.
އައިޖީއެމްއެޗުން ހާމަކުރި ގޮތުގައި މިވަގުތު ފަރުވާދެމުން ގެންދަނީ 14 އަހަރުގެ ފިރިހެން ކުއްޖަކަށާއި، 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި، އަދި 49 އަހަރުގެ ފިރިހެނަކަށެވެ. މި ތިން މީހުންނަށްވެސް ފަރުވާދެމުން ގެންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ.
އެކްސިޑެންޓް ހިނގުމާ ގުޅިގެން އަނިޔާވި ފަރާތްތަކަށް ފުރަތަމަ ފަރުވާ ދީފައިވަނީ ރ. އުނގޫފާރު ހޮސްޕިޓަލުގައެވެ. އެއަށްފަހު އިތުރު ފަރުވާއަށް ޓަކައި އިއްޔެގެ ވަގުތެއްގައި ވަނީ ދެ ދަރިވަރުންނާއި ޓީޗަރު މާލެއަށް ބަދަލުކޮށްފައެވެ.
މި އެކްސިޑެންޓާ ގުޅޭ އިތުރު މަޢުލޫމާތު ހާމަކުރުމަށް ކަމާބެހޭ އިދާރާތަކުން އަދި އިންކާރު ކުރަމުންދެއެވެ. އަދި މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް



