ޚަބަރު

ދަރިވަރެއްގެ އިނގިލި ހުޅުން ނައްޓާލި ޓީޗަރު އަދިވެސް ހައްޔަރެއް ނުކުރޭ

އަނިޔާ ލިބުނު ދަރިވަރަށް މިވަގުތު ތ. ވޭމަންޑޫ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުން

މޭ 27, 2025 - 08:32
ޖުލައި 1, 2025 - 00:01
 0
ދަރިވަރެއްގެ އިނގިލި ހުޅުން ނައްޓާލި ޓީޗަރު އަދިވެސް ހައްޔަރެއް ނުކުރޭ
ފުލުހުންގެ މައި އިދާރާ -- ފޮޓޯ: ގޫގުލް

ތ. ކަނޑޫދޫ ސްކޫލްގެ ދަރިވަރެއްގެ އިނގިލި އެ ސްކޫލްގެ އިންޑިއާ ޓީޗަރަކު ބިންދާލި މައްސަލާގައި އަދިވެސް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާކަން މިއަދު ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި މި މައްސަލަ މިއަދު (26 މެއި 2025) ހެނދުނު 10:55 އެހައިކަށްހާއިރު ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. މި ހާދިސާގައި އަނިޔާ ލިބުނު ދަރިވަރަށް މިވަގުތު ތ. ވޭމަންޑޫ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އިތުރުވަމުންދާ އަނިޔާގެ މައްސަލަތައް

ފާއިތުވި ދުވަސްތަކުގައި ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ޖިސްމާނީ އަނިޔާ ދިން އެކި މައްސަލަތައް ވަނީ ފެންމަތިވެފައެވެ. މީގެ ތެރޭގައި، ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައި ހުރި ކުއްޖެއްގެ ބޮލުގައި ދަގަނޑު ފެންފުޅިއަކުން ޖެހި މައްސަލަ ހިމެނެއެވެ.

މީގެއިތުރުން، ސްޕީޗް ތެރަޕީ ހަދަން ގެންދިޔަ އޯޓިސްޓިކް ކުއްޖަކަށް އަނިޔާކޮށް ކަތުރަކުން ހަމަލާދިން މައްސަލައެއްވެސް ވަނީ ރިޕޯޓްކުރެވިފައެވެ. އެ މައްސަލައިގައި ދެ ބިދޭސީން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0