ޚަބަރު , ސިޔާސީ

ކައުންސިލަރުންގެ އަދަދު މަދުކުރުމާބެހޭ ގަރާރު ބަލައިގަނެ ކޮމިޓީއަށް

ގަރާރު މަޖިލީހުން ބަލައިގަތީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ވޯޓުން

ޖޫން 18, 2025 - 13:12
ޖުލައި 1, 2025 - 00:15
 0
ކައުންސިލަރުންގެ އަދަދު މަދުކުރުމާބެހޭ ގަރާރު ބަލައިގަނެ ކޮމިޓީއަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله -- ފޮޓޯ: މަޖިލިސް

ރަށްރަށުގެ ކައުންސިލްތަކުގައި ތިބޭ މެންބަރުންގެ އަދަދު މަދުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ބެލުމަށް މަޖީލީހަށް ހުށަހެޅި ގަރާރު ބަލައިގަންނަން ފާސްކޮށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރު މަޖިލީހުން ބަލައިގަތީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ވޯޓުންނެވެ.

މި ޤަރާރު ދިރާސާކުރުމަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށެވެ.

ޝުޖާޢު ހުށަހެޅުއްވި ޤަރާރުގައި ލާމަރުކަޒީ ޤާނޫނެއް 2010 ގައި ރާއްޖޭގައި ވުޖޫދުވީފަހުން 15 ފަހަރަށް ޤާނޫނު އިސްލާހުކޮށްފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ މި ނިޒާމު އޮތްގޮތުން ރަށްތަކުގެ ތަރައްގީއަށް އައިި ރަނގަޅު ބަދަލެއް ވެސް ފެންނަން ނެތްކަމަށެވެ. އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމަށް ކުރަމުން އަންނަ ހޭދަ ބޮޑުތަނުން ބޮޑުވެފައިވާކަމަށާއި އެހޭދައާއި އެއްވަރަށް ނަތީޖާ ނުފެންނަ ކަމަށް ބުނެފައިވެއެވެ.

އަދި މި ގަރާރު ހުށައެޅުއްވީ، މިފަދަ ކަންކަން ހައްލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ކަމަށް ވިދާޅުވެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0