ބާސާއަށް ނޫނެކޭ ބުނެ ނިކޯ ވިލިއަމްސް ބިލްބާއޯގެ ކޮންޓްރެކްޓް އާކޮށްފި

އެތުލެޓިކް ބިލްބާއޯގެ ޒުވާން ތަރި ނިކޯ ވިލިއަމްސް، ބާސެލޯނާ އަށް ނޫނެކޭ ބުނެ އޭނާގެ މައި ކްލަބާއެކު 2035 ވަނަ އަހަރާ ހަމައަށް އެއްބަސްވުން އާކޮށްފިއެވެ.
ނިކޯ ވިލިއަމްސް ގެންދިއުމަށް އެންމެ ބޮޑަށް ފާރަލީ ކްލަބުތަކުގެ ތެރޭގައި ބާސާ ހިމެނެއެވެ. ބާސާގެ އިތުރުން ޖަރުމަނުގެ ބަޔާން މިއުނިކުންވެސް ނިކޯ ގެންދަން ޝައުޤުވެރިވާކަން ވަނީ ހާމަކޮށްފައެވެ.
22 އަހަރުގެ ނިކޯ ވިލިއަމްސްގެ ބިލްބާއޯ އެއްބަސްވުން 2027 ވަނަ އަހަރު ހަމަވާ ގޮތަށް އޮތް ނަމަވެސް، އޭނާ ވަނީ އިތުރު 8 އަހަރަށް އެއްބަސްވުން އާކޮށްފައެވެ. އަލަށް ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ވިލިއަމްސްގެ ރިލީޒް ކްލޯޒް 50 އިންސައްތަ އިތުރުކޮށް، 62.6 މިލިއަން ޕައުންޑަށް ބަދަލުކުރެވިފައިވާކަމަށް ބިލްބާއޯއިން ހާމަކޮށްފައިވެއެވެ.
ބިލްބާއޯއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނިކޯ ބުނީ ބިލްބާއޯއަކީ އޭނާގެ ގެ ކަމަށެވެ.
ނިކޯ އަކީ ބިލްބާއޯގެ ޔޫތު އެކަޑަމީން އުފެދިގެން އައި ކުޅުންތެރިއެކެވެ، ބިލްބާއޯގެ ފުރަތަމަ މެޗު ކުޅުނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހު، އުމުރުން 18 އަހަރުގައެވެ. ނިކޯ ވަނީ އެ ކްލަބަށް ކުޅުނު 167 މެޗުގައި 31 ގޯލު ޖަހާފައެވެ. އަދި މިދިޔަ ސީޒަންގައި ލަލީގާގައި ބިލްބާއޯއަށް ހަތަރުވަނަ ހޯދައިދީ، އަންން ސީޒަނުގައި ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.
ވިލިއަމްސްގެ ވަނީ މިދިޔަ އަހަރު ބޭއްވުނު ޔޫރޯގައި އޭނާގެ ފެންވަރު ދައްކާލާ ސްޕެއިނަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ފައިނަލް މެޗުގައި ނިކޯ ވަނީ ގޯލެއް ޖަހާފައެވެ.
ރިއެކްޓް



