ޚަބަރު

އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ޖުލައި 4, 2025 - 14:17
ޖުލައި 4, 2025 - 14:11
 0
އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
ރައީސް ޑރ. މުޢިއްޒު -- ފޮޓޯ: ވިރާސީ

އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި ސަރުކާރަށާއި ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް މުއިއްޒު މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "ދުވަހުގެ މުނާސަބަތުގައި އެމެރިކާގެ ރައީސް ޓްރަމްޕްއަށާއި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވަން" ކަމަށެވެ. އަދި އެމެރިކާގެ ރައްޔިތުންނަށް ދެމެހެއްޓެނިވި މިނިވަންކަމާއި ކުރިއެރުމަށް އެދިވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1966 ވަނަ އަހަރުއެވެ. ދިވެހިރާއްޖެ މިނިވަންވުމާއެކު އެމެރިކާއިން ދިވެހިރާއްޖެ ބަލައިގަނެ، އެ ގައުމުގެ ސަފީރެއް ވަނީ އައްޔަންކުރައްވާފައެވެ.

އެމެރިކާއިން ދިވެހިރާއްޖެއަށް މިހާރު ކަނޑައަޅުއްވާފައި ހުންނެވި ސަފީރަކީ ހޫގޯ ޔޫ-ހޯ ޔޮންއެވެ. ސަފީރު ޔޮން ވަނީ ދިވެހިރާއްޖެ-އެމެރިކާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒަށް ދެއްވާފައެވެ.

ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ދެ ގައުމުގެ އެކުވެރިކަން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0