ޚަބަރު

އެލްސިއޯން ބޭކަރީގެ ޕާނަކުން ކުރަތްޕެއް ފެނިއްޖެ

7 ޖުލައި 2025 - 10:41
އެލްސިއޯން ބޭކަރީގެ ޕާނަކުން ކުރަތްޕެއް ފެނިއްޖެ
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯގެ ސްކްރީންޝޮޓެއް

މާލެ ސަރަހައްދުގައި އެންމެ ގިނައިން މީހުން ގަންނަ އެއް ޕާން، އެލްސިއޯން ބޭކަރީގެ ޕާނަކުން ކުރަތްޕެއް ފެނިއްޖެއެވެ.

ދިވެއްސަކު ސޯޝަލް މީޑިޔާގައި ހިއްސާކުރި ވީޑިޔޯ އަކުން ފެންނަ ގޮތުގައި އެލްސިއޯން ބޭކަރީގެ ޕާން ބަނންދުކޮށްފައިވަނީ ދިރޭ ކުރަތްޕަކާއި އެކީއެވެ. މިކަމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑު ކިޔުން އެލްސިއޯން ބޭކަރީއަށް އަންނަނީ އަމާޒުވަމުންނެވެ. 

އެގޮތުން، މީ އަލަށް ދިމާވިކަމެއް ނޫން ކަމަށާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސަމާލުކަމަށް މިކަން ކުރިންވެސް ގެނެވިފައިވާނެކަމަށް މީހަކު ބުނެފައިވެއެވެ. އަދި ޕާނުގެ މުއްދަތު ހަމަވާ ތާރީޙް ޕާނުގައި ޖަހާއިރުވެސް، ކަނޑައެޅިފައިވާ އުސޫލުތަކަށް އެ ބޭކަރީން އަމަލުނުކުރާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. 

މިކަމާއި ގުޅިގެން އެލްސިއޯން ބޭކަރީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބަހެއްވެސް އަދި ލިބިފައިނުވެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0