ވަށަފަރު ސްކޫލުގެ ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދެ ކުއްޖަކަށް އަނިޔާވެއްޖެ

ހއ. ވަށަފަރު ސްކޫލުގެ ކްލާސްރޫމެއްގެ ސީލިންގުން ބައެއް ވެއްޓި، ގްރޭޑް 9 ގައި ކިޔަވާ ދެ ދަރިވަރަކަށް މިއަދު ހެނދުނު އަނިޔާވެއްޖެ އެވެ.
މި ހާދިސާގައި އަނިޔާވި ދެ ދަރިވަރުން ފުރަތަމަ ގެންދިޔައީ ވަށަފަރު ސިއްހީ މަރުކަޒަށެވެ. އޭގެ ތެރެއިން އެއް ދަރިވަރުގެ ކޮނޑުހުޅަށް ކުޑަ އަނިޔާއެއް ވެފައި ހުރި ކަމަށް ވިޔަސް އެކްސްރޭ ނެގުމަށްފަހު މިހާރު ވަނީ ދެ ދަރިވަރުން ވެސް ގެއަށް ދޫކޮށްލާފައެވެ.
"ވިރާސީ" އަށް މަޢުލޫމާތުދިން ވަށަފަރު މީހަކު ބުނިގޮތުގައި ސީލިންގު ވެއްޓުނު އިމާރާތަކީ އެ ސްކޫލްގައި އެންމެ ފަހުން ކުރި އިމާރާތެވެ. އަދި މި އިމާރާތް ބޭނުންކުރާތާ އަދި ވާނީ 5 ވަރަކަށް އަހަރެވެ. އަދި މީގެ އިތުރުން އެ ސީލިންގް ހުރީ ކުޑަކޮށް ވީރާނާވެ މަރާމަތުކުރަންޖެހޭ ހާލަތުގައިކަން އެނގޭ ކަމުގައި އެމީހާ މަޢުލޫމާތު ދިނެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގީ އިމާރާތުގެ މަރާމާތުގެ މަސައްކަތަށް ބޭނުންވާ ތަކެތި މިނިސްޓްރީން ފޮނުވާފައި ހުއްޓައެވެ.
ރިއެކްޓް



