އިމިގްރޭޝަނުން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

މޯލްޑިވްސް އިމިގްރޭޝަނުން ބަންގްލަދޭޝް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
އުމުރުން 32 އަހަރުގެ އެމްޑީ ޗޯޓަން މިއާ ނަމަކަށް ކިޔާ މި މިހާ އިމިގްރޭޝަނަށް ހާޒިރުވުމަށް އަނގައި އިމިގްރޭޝަނުން ވަނީ ސޯޝަލްމީޑިއާގައި ފޮޓޯއާއި ނޯޓިސް ހިއްސާ ކޮށްފައެވެ.
⚠️ Notice to Appear pic.twitter.com/Kfyrf9UdKr
— Maldives Immigration (@ImmigrationMV) July 9, 2025
އިމިގްރޭޝަނުން ނެރުނު ނޯޓިސްގައި ވަނީ ކުރިއަށް އޮތް ފަސް ދުވަސް ތެރޭގައި އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ހެނދުނު 8:00 އާއި 16:00 އާއި ދެމެދުގެ ވަގުތެއްގައި ހާޒިރުވުމަށް އަންގާފައެވެ. އޭނާ ހޯދަން އިމިގްރޭޝަނުން އިއުލާނު ކުރި ނަމަވެސް ހޯދަމުން އަންނަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ހާމައެއް ނުކުރެއެވެ.
ރިއެކްޓް



