މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މާލޭ މާފަންނު ބަސް ޓާމިނަލް ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
އެކްސިޑެންޓު ހިނގި ސަރަހައްދުގައި ހުރި މީހަކު "ވިރާސީ" އަށް މަޢުލޫމާތުދެމުން ބުނީ ބާރު ސްޕީޑެއްގައި އައި ސައިކަލެއް އެހިސާބުގައި ދުވަން ނުކުމެ އުޅުނު މީހެއް ގައިގައި ޖެހިގެން ހިނގި މި އެކްސިޑެންޓުގައި ތިން މީހަކަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށެވެ.
އަނިޔާ ވެފައި ވަނީ ދުވަން ހުރި މީހާއާއި ސައިކަލުގައި ތިބި ދެ މީހުންނަށް ކަމަށް ވެސް އެމީހާ މަޢުލޫމާތު ދިނެވެ.
"ސައިކަލުގައި ތިބި ދެމީހުން ކޮންޓްރޯލް ނުވެގެން ގޮސް ވެއްޓުނީ ޕިކަޕުގެ ދަށަށް ވާ ގޮތަށް" އެމީހާ ކިޔައިދިނެވެ.
އަދި މި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ގިނަ އަދަދަކަށް ލޭ ހުރި ކަމަށާއި ބޮޑަށް ޒަހަމް ވެފައި ހުރީ ދުވަން އުޅުނު މީހާއަށް ކަމަށް މަޢުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި 3 މީހުންވެސް މިހާރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ސަރަހައްދުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ރިއެކްޓް



