ޚަބަރު , ވިޔަފާރި

އާ ޓާމިނަލުގައި ސަލާމަތީ މިންގަނޑުތައް ފުރިހަމަ: ޑާސާ

ޖުލައި 5, 2025 - 15:59
 0
އާ ޓާމިނަލުގައި ސަލާމަތީ މިންގަނޑުތައް ފުރިހަމަ: ޑާސާ
ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުގައި ގާއިމުކޮށްފައިވާ ސަލާމަތީ މިންގަނޑުތަކަކީ ފުރިހަމަ މިންގަނޑުތަކެއް ކަމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)ގެ ހެޑް، ޗީފް އިންސްޕެކްޓާ އެވްސެކް އަހުމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން، ނަޝީދު ވިދާޅުވީ އާ ޓާމިނަލުގައި ގާއިމުކޮށްފައިވާ ބެގޭޖް ހޭންޑްލިން ސިސްޓަމް އަކީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ބޭނުންކުރާ ފެންވަރުގެ ސަލާމަތީ މިންގަނޑުތައް ހިމެނޭ ސިސްޓަމެއް ކަމަށެވެ.

"އޭވިއޭޝަން ސެކިއުރިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ހައިސިއްޔަތުން މިހާރު ހުޅުވާ ޓާމިނަލް ތެރޭގައި ގާއިމުކޮށްފައިވާ ސެކިއުރިޓީ މިންގަނޑުތަކަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ވަރަށް ފުރިހަމަ މިންގަނޑުތަކެއް،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާ ގުޅުންހުރި އެންމެހާ ކަންކަމުގައި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުގައި ދިވެހި ދައުލަތް ތަމްސީލުކުރަމުން ދަނީ ވެސް ޑާސާއިންނެވެ.

އާ ޓާމިނަލްގެ މަސައްކަތްތައް ނިމި، ހުޅުވުމުގެ މަރުހަލާއަށް ވަމުންދާއިރު، މި ޓާމިނަލްގައި ގާއިމުކުރެވިފައިވާ ސަލާމަތީ ނިޒާމުތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ގާއިމުކުރެވިފައިވާ ނިޒާމުތަކެއް ކަން ޔަގީންވެގެން ދިއުމަކީ ފަތުރުވެރިންނަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0