ދުނިޔެ

ކަރާޗީގައި އިމާރާތެއް ވެއްޓި 21 މީހަކު މަރުވެއްޖެ

ޖުލައި 6, 2025 - 08:01
ޖުލައި 6, 2025 - 00:27
 0
ކަރާޗީގައި އިމާރާތެއް ވެއްޓި 21 މީހަކު މަރުވެއްޖެ
ޕާކިސްތާނުގެ ކަރާޗީގައި ވެއްޓުނު އިމާރާތް -- ފޮޓޯ: އޭޕީ

ޕާކިސްތާނުގެ ކަރާޗީގައި މީހުން ދިރިއުޅޭ އިމާރާތެއް ވެއްޓި ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

އިއްޔެ ހެނދުނު ހިނގި މި ހާދިސާގައި 21 މީހުން މަރުވިކަން ޔަޤީންކުރެވިފައިވާއިރު މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ހުކުރު ދުވަހުގެ ހެނދުނު އެ އެޕާޓްމަންޓް ބްލޮކް ވެއްޓުމުގެ ކުޑަ އިރުކޮޅެއް ކުރިން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އިމާރާތުގައި ރެނދުލާ އަޑުތައް އިވިފައެވެ.

ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި އެ އިމާރާތަކީ ރައްކާތެރި ނޫން އިމާރާތެއް ކަމަށް ބެލެވިގެން ހުސްކުރުމުގެ ނޯޓިސް އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ވަނީ ދީފައިވެއެވެ. ނަމަވެސް، އެތަނުގައި ދިރިއުޅޭ ބައެއް މީހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި އެފަދަ އެއްވެސް ނޯޓިސްއެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ސަލާމަތްކުރުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ ސަލާމަތީ ޚިދުމަތްތަކުގެ އޮފިސަރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އިތުރު މީހުން ވެއްޓުނު އިމާރާތުގެ ތެރޭގައި ތިބުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭތީ، ސަލާމަތްކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށް އިސް އޮފިޝަލުން މައުލޫމާތު ދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0