ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފުން ހިފަހައްޓައިފި

ޖުލައި 10, 2025 - 15:35
ޖުލައި 10, 2025 - 15:38
 0
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފުން ހިފަހައްޓައިފި
އެމްއެންޑީއެފްގެ ކޯސްޓްގާޑް އުޅަނދެއް -- ފޮޓޯ: ކޯސްޓްގާޑް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރު ޤައުމެއްގެ މަސްބޯޓެއް މޯލްޑިވްް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހިފަހައްޓައިފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތުދެއްވި ގޮތުގައި ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރު ޤައުމެއްގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

އަދި މި ބޯޓުގައި 5 މީހުން ތިބި ކަމަށާއި މި ބޯޓު މާލޭގެ ބަނދަރަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

އެމްއެންޑީއެފުން ވަނީ ކޯސްޓްގާޑަށް އައު އުޅަނދާއި ޑްރޯން އިތުރުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0