ފަރަށް އެރި ދޯންޏެއްގައި ތިބި މީހުން ސަލާމަތްކޮށްފި

މަނަފަރު ރިސޯޓުން ކުނި ބަރުކޮށްގެން ތިލަފުއްޓަށް ދަތުރުކުރަމުންދިޔަ "ގުރުވަ 1" ނަމަކަށް ކިޔާ ދޯންޏެއް ނ. ކުޑަރަށް ކައިރިން ފަރަށް އެރުމާ ގުޅިގެން، އެ ދޯނީގައި ތިބި ފަޅުވެރިން ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދޯނި ފަރަށް އެރި ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ 23:30 ހާއިރުއެވެ. މި ދޯނީގައި ދަތުރުކުރީ ދިވެއްސަކާއި ދެ ބިދޭސީންނެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަކްރާފްޓް އެ ސަރަހައްދަށް ފޮނުވައި، ދޯނީގައި ތިބި ތިން ފަޅުވެރިން ހާބަކްރާފްޓަށް ނަގާފައިވާ ކަމަށެވެ.
އިތުރަށް އެމްއެންޑީއެފުން ހާމަކުރި ގޮތުގައި ފަރަށް އެރި ދޯނީގެ ފަޅުވެރިން މިއަދު ހެނދުނު 08:45 ހާއިރު ނ. ހޮޅުދޫއަށް ރައްކާތެރިކަމާއެކު ގެންގޮސްދީފައިވެއެވެ. އަދި ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ރިއެކްޓް



