ޑްރޯން ޝޯއާއި ހަވާއެރުވުމާއެކު މުޅި މާލޭ ސަރަހައްދު ދިއްލާލައިފި

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި، އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން، ހާއްސަ ޑްރޯން ޝޯއަކާއި ހަވާއެރުވުމާއެކު މުޅި މާލެ ސަރަހައްދު ދިއްލާލައިފިއެވެ.
މި ހާއްސަ ޝޯގައި މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދަކުންނާއި، ވައިގެ ބަނދަރު ކައިރިން 3 ސަރަހައްދަކުން ޖުމްލަ 6 މިނެޓުގެ މުއްދަތަށް ހަވާ އެރުވުނެވެ. މި ޝޯގައި ބޭނުންކުރެވުނު ޑްރޯންތަކުން ދައްކާލި މަންޒަރުތަކުގެ ތެރޭގައި މިނިވަން ދުވަހާ ގުޅުންހުރި އެކި ކުރެހުންތަކާއި، ދިވެހިވަންތަ ޑިޒައިންތައް ހިމެނުނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް، ޓާމިނަލް 1 ހުޅުވުމާ ގުޅިގެން ބޭއްވުނު މި ޝޯގައި، ރޭގަނޑުގެ އަނދިރިކަމުގައި އުދަރެހުގައި ފެންނަމުންދިޔަ މަންޒަރުތަކަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ މަންޒަރުތަކެކެވެ. ޑްރޯންތަކުން ދައްކާލި މަންޒަރުތަކުގެ ތެރޭގައި ދިވެހި ދިދައިގެ ކުލަތަކާއި، މިނިވަންކަމުގެ ރަމްޒީ މަންޒަރުތައް ހިމެނުނެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުނު މި ޝޯއަކީ، ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ޑްރޯން ޝޯއެވެ.
މި ޝޯ ބަލަން ގިނަ އަދަދެއްގެ ރައްޔިތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަހައްދުތަކަށް ނުކުމެފައިވާކަން ވެސް ފާހަގަކުރެވުނެވެ.
ރިއެކްޓް



