ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި މޯދީ ފުރާވަޑައިގެންފި

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަޢުވަތަކަށް އިއްޔެ ހެނދުނު ފެއްޓެވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ދަތުރުފުޅާއެކު ރާއްޖެ އާއި އިންޑިއާގެ ގުޅުމުގެ ސާފު މަގު ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި "ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ އުފެއްދުންތެރި މަސައްކަތްޕުޅުތަކެއް ކުރެއްވުނު ދަތުރުފުޅެއް" ކަމަށް މޯދީ ވެސް ވަނީ ފާހަގަކުރައްވާފައެވެ.
މި ދަތުރުފުޅުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ވަނީ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައެވެ. މި އެއްބަސްވުންތަކުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރެވެ. ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް، އެންވައިރަމެންޓް މިނިސްޓަރު ތާރިގް އިބްރާހީމް އަދި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ.
ރާއްޖެއިން ދެއްވި ހޫނު މަރުހަބާ އަދި މެހުމާންދާރީއަށް ރައީސް މުއިއްޒަށާއި ދިވެހި ސަރުކާރަށް އަދި ދިވެހި ރައްޔިތުންނަށް މޯދީ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސް މުއިއްޒުއާއެކު ކުރިއަށް ގެންދެވުނު މަޝްވަރާތަކާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މޯދީ ވަނީ ފާހަގަކުރައްވާފައެވެ.
ރިއެކްޓް



