ޚަބަރު

މޯދީއަށް ރިޔާސީ ކުރުނީހާއެކު ރަސްމީކޮށް މަރުހަބާ ކިޔައިފި

ޖުލައި 25, 2025 - 14:35
ޖުލައި 25, 2025 - 15:00
 0
މޯދީއަށް ރިޔާސީ ކުރުނީހާއެކު ރަސްމީކޮށް މަރުހަބާ ކިޔައިފި
މޯދީ އަށް ރިޔާސީ ކުރުނީހާއެކު މަރުހަބާ ދަންނަވަނީ -- ފޮޓޯ: ވިރާސީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރިޔާސީ ކުރުނީހާއެކު ރަސްމީކޮށް މަރުހަބާ ކިޔައިފިއެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވުނު މި ރަސްމިއްޔާތުގައި އެމްއެންޑީއެފުން ވަނީ މޯދީއަށް 7 ބަޑީގެ ސަލާމަކާއެކު ރިޔާސީ ކުރުނީހެއް އަރުވާފައެވެ. 

ދިވެހި ސަރުކާރުގެ ފަރާތުން މޯދީއަށް ކީ ރަސްމީ މަރުހަބާއަށްފަހު މޯދީ އަދި އެމަނިކުފާނާއެކު ޜާއްޖެ ވަޑައިގަތް އިސް އޮފިޝަލުންގެ ވަފުދުން ވަނީ ރާއްޖޭގެ އިސް އޮފިޝަކުންނާއި ސަލާންކުރައްވައި ބައްދަލުކުރައްވާފައެވެ.

މި ރަސްމިއްޔާތަށްފަހު ބޮޑުވަޒީރު މޯދީ ވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. މޯދީ ރައީސް އޮފީހަށް ވަޑައިގަންނަވާނީ ރަސްމީ އިއްޒަތުގައި ހަތްކޮޅުގައެވެ.

ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށެވެ. 2 ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި މޯދީ ރާއްޖެ ވަޑައިގަންނަވާފައިވަނީ ރާއްޖެއާއި އިންޑިއާ އާއި ދެމުދު ސިޔާދަތީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. އިންޑިއާ އާއި ރާއްޖެއާއި ދެމެދު ސިޔާދަތީ ގުޅުން ގާއިމު ކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. މިއަދަކީ މި ގުޅުމަށް 60 އަހަރު ފުރޭ ދުވަހެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0