ޚަބަރު

ބަނގްލަދޭޝްގައި ޖެޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސްގެ ތައުޒިޔާ

ޖުލައި 21, 2025 - 23:26
 0
ބަނގްލަދޭޝްގައި ޖެޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސްގެ ތައުޒިޔާ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ވިރާސީ

ބަންގްލަދޭޝްގެ ވައިގެ ސިފައިންގެ ތަމްރީނުތަކުގައި ބޭނުންކުރަމުން ދިޔަ ޖެޓެއް، ސްކޫލަކަށް ވެއްޓި، ވެރިރަށް ޑާކާގައި ހިނގި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

މި ހާދިސާގައި 19 މީހަކު މަރުވެފައި ވާއިރު، އެތައް ސަތޭކަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވަމުން ރައީސް ވަނީ ސޯޝަލްމީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ.

"ބަންގަލަދޭޝްގައި ބޯޓެއް ވެއްޓި އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެފައިވާ ހިތާމަވެރި ހާދިސާއާ ގުޅިގެން އެ ގައުމުގެ ވަގުތީ ސަރުކާރުގެ ލީޑަރު މުހައްމަދު ޔޫނުސްއަށާއި، ސަރުކާރާއި، އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑުގެ އެންމެ ފުން ތައުޒިޔާ ދަންނަވަން. މި ހާދިސާގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކާއި، އެމީހުންގެ އާއިލާތަކާއި، އަދި އެކަމުގެ އަސަރު ކުރި އެންމެހާ މީހުންނަށް ހެޔޮ ދުޢާ ކުރަން،" ރައީސް ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ވަނީ އެ ހާދިސާގައި ވެއްޓިފައިވާ އުޅަނދަކީ އެ އަސްކަރިއްޔާގެ އުޅަނދެއްކަން ކަށަވަރުކޮށްދީފައެވެ. އަސްކަރިއްޔާގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޖެޓް ވެއްޓިފައިވަނީ ޑާކާގެ އުތުރު ސަރަހައްދު ކަމަށްވާ އުއްތަރާއަށް ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0