ޚަބަރު

މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ޖުލައި 18, 2025 - 15:36
 0
މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
ކަނޑު ގަދަ ދުވަހެއް -- ފޮޓޯ: ވިރާސީ

އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

ޤައުމީ މޫސުމާ ބެހޭ އިދާރާ އިން ނެރުު މި ސަމާލުގައި ބުނެފއިވަނީ މިއަދުގެ ހަވީރު 3:30 އިން ފެށިގެން ރޭގަނޑު 7:30 އާއި ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ކަނޑުގަދަވެ ރާޅުތައް ބޮޑުވެ އުދަ އަރާފާނެކަމަށެވެ.

މެޓުން ވަނީ މިއަދު މެނދުރުން ހަވީރާއި ހަމައަށް އުތުރާއި މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފައެވެ.

މި ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާށރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ބާރުވާނެ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0