ޚަބަރު

އިމާރާތަކުން ވެއްޓުނު ދެ މީހަކަށް ފަރުވާ ދެނީ

27 ޖޫން 2026 - 17:11
އިމާރާތަކުން ވެއްޓުނު ދެ މީހަކަށް ފަރުވާ ދެނީ

މާލޭގެ މަޖީދީމަގުގައި ހުންނަ އިމާރާތެއްގެ ފުރަތަމަ ފްލޯއިން މިއަދު ދެ މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކަށާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ. މި ދެ މީހުންނަކީވެސް އެ އިމާރާތުގައި މަސައްކަތް ކުރަމުންދިޔަ ބައެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

އަނިޔާވި ދެ މީހުންނަށް މިހާރު އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ "އެ ދެ މީހުންނަށްވެސް އިމަޖެންސީގައި ފަރުވާ ދެމުން އަންނަ" ކަމަށެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0