ޚަބަރު

ކުއްތާ ގެންގުޅުމުގެ ޚާއްސަ ތަމްރީނުތަކެއް ފުލުހުންނަށް ދީފި

14 ޖޫން 2026 - 17:00
ކުއްތާ ގެންގުޅުމުގެ ޚާއްސަ ތަމްރީނުތަކެއް ފުލުހުންނަށް ދީފި

ޔޫ.އެސް ގެ ޑިޕްލޮމެޓިކް ސެކިއުރިޓީ އެންޑް އެންޓި ޓެރަރިޒަމް އެސިސްޓެންޓް ޓީމުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޭނައިން ޔުނިޓަށް ކުއްތާ ގެންގުޅުމުގެ ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ތަމްރީނުތަކަކީ ފުލުހުންގެ ކޭނައިން އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގުނު ސެޝަންތަކެކެވެ.

މިދިޔަ މެއި މަހުގެ 22 އިން ފެށިގެން ޖޫން މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ތަމްރީނުތައް ބާއްވާފައިވަނީ މާލެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މި ސެޝަންތަކުގައި އިންޑޯ އަދި އައުޓްޑޯ މާހައުލުތަކުގައި ފާރަބޭނުންކޮށްގެން މަސައްކަތްކުރާނެ ގޮތުގެ އަމަލީ ޑެމޮންސްޓްރޭޝަންތައް ވަނީ ދައްކާލާފައެވެ.

މީގެ އިތުރުން، ފާރަ ކުއްތާ ބޭނުންކޮށްގެން އެންމެ ފަހުގެ ޒަމާނީ ހުނަރުތަކާއެކު މަސައްކަތްކުރާނެ ގޮތްތައް މި ތަމްރީނުގެ ތެރެއިން ދަސްކޮށްދީފައިވެއެވެ. ޚާއްސަގޮތެއްގައި ޔޫ.އެސްގެ ވެޓިރެނަރީ ޚާއްސަ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން، ކުއްތާއަށް ދިމާވާ ސިއްހީ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ފަސްޓްއެއިޑް ޓެކްނިކްސްތައް ވެސް ވަނީ އުނގަންނައިދީފައެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ތެރޭގައި ވެހިކަލްތައް ބަލައިފާސްކުރުމުގައި ފާރަ ކުއްތާ ބޭނުންކުރާނެ ގޮތުގެ ޚާއްސަ ފަރިތަކުރުންތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިފަދަ ތަމްރީނުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުންގެ ކޭނައިން ޔުނިޓުގެ ދައުރު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0