ޚަބަރު

މުސާރަ ޖަމާވާނީ މި މަހު 28 އަދި 31ގައި: ފިނޭންސް

26 މޭ 2026 - 16:03
މުސާރަ ޖަމާވާނީ މި މަހު 28 އަދި 31ގައި: ފިނޭންސް

ދައުލަތުގެ މުވައްޒަފުންނަށް މި މަހުގެ މުސާރަ އާއި އިނާޔަތްތައް މި މަހުގެ 28 އަދި 31 ވަނަ ދުވަހު ދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ. މިގޮތަށް ނިންމާފައިވަނީ އަޟްޙާ އީދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި އޮތުމާ ގުޅިގެންކަމަށް ފިނޭންސުން ބުނެއެވެ.

ބޮޑު އީދާ ގުޅިގެން މިދިޔަ ހުކުރު ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ސަރުކާރު ވަނީ ބަންދުކޮށްފައެވެ. މި ބަންދުގެ ތެރޭގައި ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެކަނި ކަމަށްވާތީ، މުސާރަ ޖަމާކުރުމުގެ ކަންކަން ވަނީ އެ ދުވަސްތަކަށް ތަރުތީބުކޮށްފައެވެ.

މަސް ނިމޭއިރު މިހާ ބޮޑު ބަންދެއް އައިއިރު ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ޖަމާކޮށްނުދޭތީ ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދޭން ޖެހެނީ ސަރުކާރު ހުޅުވާފައި ހުންނަ މަހުގެ އެންމެ ފަހު ތިން ދުވަހުގެ ތެރޭގައި ކަމަށެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ، "މުސާރަ ޖަމާކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާ" ކަމަށެވެ. އަދި ބޭންކުތައް ހުޅުވާ އަންނަ ބުރާސްފަތި ދުވަހާއި، ސަރުކާރު ރަސްމީކޮށް ހުޅުވޭ އަންނަ އާދިއްތަ ދުވަހު މުސާރަތައް ޖަމާކޮށް ނިންމާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުސާރަ ދޫކުރުމުގެ ކަންކަން މިގޮތަށް ތަރުތީބުކުރީ ބޮޑު އީދު ބަންދާއި އެ ދުވަސްވަރު ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ބެލުމަށްފަހު ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0