ސިޔާސީ

ނާޒިމްއާއި އެކު 23 މެންބަރުން ޕީއެންސީން ވަކިވާނެ: ރައީސް ނަޝީދު

21 މޭ 2026 - 22:54
ނާޒިމްއާއި އެކު 23 މެންބަރުން ޕީއެންސީން ވަކިވާނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަހުމަދު ނާޒިމުއާއި އެކު 23 މަޖިލިސް މެންބަރަކު ޕީއެންސީން ވަކިވާންް އުޅޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ކެންޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލިސްގެ ނާއިބުރައީސް ނާޒިމުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަންގަވަނީ ކީއްވެގެންކަން އެނގިވަޑައިގަންނަވާ ކަމަށާއި އެއީ ނާޒިމްއާއި އެކު 23 މެންބަރަކު ރޮނގު ހުރަސްކުރާތީ ކަމަށެވެ.

"އަޅުގަނޑަށް އިނގޭ އެއީ 23 ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރޮނގު ހުރަސްކުރާތީވެ، އާދެ. ނާޒިމާއި އެކުގައި ރޮނގު ހުރަސްކުރާތީވެ، ޕާޓީ ބަދަލުކުރަން އުޅޭތީވެ، ރައީސުލްްޖުމްހޫރިއްޔާއަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅުއްވާތީވެ،" ނާޒިމުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ހަގީގަތް ހާމަކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މި ވާހަކައަށް ބާރުދޭ އެތައް ވާހަކައެއް މިދިޔަ ހަފްތާ ތެރޭގައި ވަނީ ތިލަވެފައެވެ. އެގޮތުން ނާޒިމްއާއި ގުޅުން ގާތް މެންބަރުންތަކަކަށް އިންޓެލިޖެންސުން ފާރަލާކަމުގެ ވާހަކައަކީ އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ރައީސް މުޢިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމުގެ އިތުރުން ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ މީކާއީލް އަދި ޓީމަށްވެސް ފާޑުވިދާޅުވިއެވެ. އެގޮތުން ރިއެކްޓް ނުކޮށް ވެރިކަން ބަދަލެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ސޯލިހަށްވެސް ފާޑުވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0