ސިޔާސީ , ޚަބަރު

މަޖިލިހުގެ އާ ނައިބު ރައީސް މިއަދު އިންތިހާބުކުރަނީ

31 މޭ 2026 - 09:36
މަޖިލިހުގެ އާ ނައިބު ރައީސް މިއަދު އިންތިހާބުކުރަނީ

ރައްޔިތުންގެ މަޖިލިހަށް އާ ނައިބު ރައީސަކު އިންތިހާބު ކުރުމަށްޓަކައި މިއަދު މެންދުރު އެކެއް ޖަހާއިރު ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ތާވަލްކޮށްފިއެވެ. މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މަޖިލިހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިއަދު ހެނދުނު ނުވައެއް ޖެހިއިރު ބޭއްވި ޖަލްސާއަށް ނައިބު ރައީސް ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ތާވަލްކޮށްފައި ވަނިކޮށް، އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވިކަން އަންގަވާފައެވެ. މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޖަލްސާގައި ވިދާޅުވީ ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން އެޖެންޑާގައި އިތުރު ކަމެއް ނެތުމުން ހެނދުނުގެ ޖަލްސާ ނިންމަވާލެއްވީ ކަމަށެވެ.

މަޖިލިހުގެ ރައީސް ވަނީ މެންދުރު އެކެއް ޖަހާއިރު އިތުރު ޖަލްސާއެއް އޮންނާނެކަން އިއުލާން ކުރައްވާފައެވެ. އެ ޖަލްސާގެ ރަސްމީ އެޖެންޑާ އަދި އިއުލާން ނުކުރި ނަމަވެސް، މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ އިސް މެމްބަރަކު ކަށަވަރުކޮށްދެއްވި ގޮތުގައި އެ ޖަލްސާގައި އޮންނާނީ މަޖިލިހުގެ އާ ނައިބު ރައީސަކު އިންތިހާބު ކުރުމުގެ މަސައްކަތެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދު ބުނާގޮތުން މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ނިމެން ޖެހެއެވެ. ނަމަވެސް، މުހިންމު މަސައްކަތްތަކެއް ނިންމުމަށްޓަކައި މަޖިލިހުގެ މި ދައުރު ވަނީ މިއަދުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0