ޚަބަރު

ގިނަ އަދަދެއްގެ އިޖުތިމާއީ ހިދުމަތްތެރިން ހޯދުމަށް އިއުލާންކޮށްފި

26 އޭޕްރީލް 2026 - 13:55
ގިނަ އަދަދެއްގެ އިޖުތިމާއީ ހިދުމަތްތެރިން ހޯދުމަށް އިއުލާންކޮށްފި

ގައުމީ މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ގިނަ އަދަދެއްގެ އިޖުތިމާއީ ހިދުމަތްތެރިން ހޯދުމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މިއަދު އިއުލާނުކޮށްފިއެވެ. އެ ވުޒާރާއިން ވަނީ އިޖުތިމާއީ އިސް ނުވަ ހިދުމަތްތެރިއަކު ހޯދުމަށް ފުރުސަތު ހުޅުވާލާފައެވެ.

މި މަގާމުތަކުގެ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލު ހާމަކުރަމުން އިޢުލާނުގައި ބުނެފައިވަނީ، އަސާސީ މުސާރައިގެ ގޮތުގައި 12,261 ރުފިޔާ ދޭއިރު، އިނާޔަތުގެ ގޮތުގައި 5,721 ރުފިޔާ ލިބޭނެ ކަމަށެވެ. މިއީ ޑިއުޓީ އުސޫލުން މަސައްކަތް ކުރަންޖެހޭ މަގާމުތަކެކެވެ.

މި މަގާމަށް އައްޔަންކުރެވޭ ފަރާތްތަކުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ހެލްޕްލައިން މެދުވެރިކޮށް ހުށަހެޅޭ ނަފުސާނީ މައްސަލަތަކަށް އިޖާބަދިނުމާއި، ނަފުސާނީ ބަލި ހުންނަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެފަދަ ފަރާތްތައް ދިރިއުޅޭ ހާލަތު ވަޒަންކުރުމަށް ގޭގެއަށް ޒިޔާރަތްކުރުން ހިމެނެއެވެ. މީގެ އިތުރުން ހެލްޕްލައިނަށް އަންނަ ކޯލުތަކަށް ޖަވާބުދީ، މަޢުލޫމާތު ރައްކާކުރުމަކީ ވެސް މި މަގާމުގެ ޒިންމާއެކެވެ.

އިތުރު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ނަފުސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ އެސެސްމަންޓު ހަދައި އެކްޝަން ޕްލޭން ތައްޔާރުކުރުމާއި، ބަލިމީހުންނަށް ދިމާވާ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ނަފުސާނީ ދުޅަހެޔޮކަމަށް ވަކާލާތުކޮށް، އާންމުން ހޭލުންތެރިކުރުވުމުގެ އިތުރުން ސިއްހީ އެމަޖެންސީތަކާއި ކާރިސާތަކުގައި އަމަލީގޮތުން ބައިވެރިވުން ވެސް ހިމެނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0