މަޑަވެލިން ޕީއެންސީގެ 200 އެއްހާ މެންބަރުން އެމްޑީޕީއަށް ބަދަލުވަނީ
ގދ. މަޑަވެލިން ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ތާއީދުކުރި 200 އަށްވުރެ ގިނަ މެންބަރުން އެ ޕާޓީ ދޫކޮށް، އިދިކޮޅު އެމްޑީޕީއަށް ސޮއިކުރަން ނިންމައިފި އެވެ.
ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވާ އަދި މިހާރު އެމްޑީޕީއަށް ބަދަލުވާން ނިންމާފައިވާ މީހަކު 'ވިރާސީ' އަށް މައުލޫމާތު ދިން ގޮތުގައި، ގިނަ އަދަދެއްގެ މެންބަރުން ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންނަން ނިންމީ ޕީއެންސީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށާމެދު އިހުމާލުވަމުންދާ ކަމަށް ގަބޫލުކުރާތީ އެވެ.
އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، ރަށުގެ ތަރައްގީގެ މަޝްރޫއުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދިއުމާއި، މި ސަރުކާރު ވެރިކަމަށް ގެނައުމަށްޓަކައި އެ ރަށުގެ ރައްޔިތުން ކުރި ބުރަ މަސައްކަތުގެ އަގުވަޒަން ކޮށްފައި ނުވާތީ މެންބަރުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.
2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވަނީ މަޑަވެލީގެ ދެ ފޮށިން ވެސް ފަސޭހަކަމާއެކު ކުރި ހޯއްދަވާފަ އެވެ. އަދި 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބާއި މިއަހަރު ބޭއްވި ލޯކަލް ކައުންސިލް އިނތިހާބު ވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ.
ނަމަވެސް، އެންމެ ފަހުން ބޭއްވި ހިޔާލު ހޯދުމުގެ ވޯޓުގައި މަޑަވެލީގެ ރައްޔިތުން ވަނީ ސަރުކާރަށް "ނޫނެކޭ" ބުނެފައެވެ.






ރިއެކްޓް